މިއަދުން ފެށިގެން މާލެ ސަރަހައްދުން އެހެން ރަށްރަށަށް ދަތުރުކުރާ އެންމެން ކަރަންޓީނުވާން ޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ކުރި އިއުލާނެއްގައި ވަނީ މިރެއިން ފެށިގެން މާލެ ސަރަހައްދުން އެހެނިހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީނުވާން ޖެހޭނެ ކަމަށެވެ.
ކުރިން އުސޫލުގައި އޮންނަ ގޮތުން ކޮންމެހެން ދޭންޖެހޭ ހިދުމަތެއް ދިނުމަށާއި އެކިއެކި މަޝްރޫއުތަކުގެ މަސައްކަތް ހިންގުމަށް ހުއްދަ ލިބިގެން ކުރު މުއްދަތަށް މާލެއިން އަތޮޅުތެރެއަށް ދަތުރުކުރެވޭނެއެވެ. އަދި ދަތުރުކުރާއިރު، 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ނަތީޖާއެއް ބޭނުން ނުވާ ގޮތަށްވެސް ބަދަލުކޮށްފައިވެއެވެ.
މާލެ ސަރަހައްދުން އެހެނިހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީނުވާން ޖެހޭ ގޮތަށް އުސޫލު ބަދަލުކޮށްފައިވާ އިރު، ގއ. ދެއްވަދޫން ބަޔަކު ޕޮޒިޓިވްވެ، އެ ކްލަސްޓާއިން މިހާތަނަށް 83 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި މ. ކޮޅުފުށީގައިވެސް މިއަދު ވަނީ ނުވަ މީހަކު ޕޮޒިޓިވްވެފައެވެ. މި ދެ ރަށުގައި ކޮވިޑް ފެތުރެން ދިމާވި ސަބަބު އަދިވެސް ހޯދިފައެއް ނުވެއެވެ.
މީގެ އިތުރުން ތޮއްޑޫ އިން އިއްޔެ މާލެ އައި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެރަށްވެސް މިއަދު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު