އޮބްލޫ ސަންގެލި ރިސޯޓުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 83 އަށް އަރައިފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ސަންގެލި ރިސޯޓުން އިތުރު ކޭސްތަކެއް ފެނިފައިވާ ކަމަށާއި އެއާއެކު އެ ރިސޯޓުން ޕޮޒިޓިވްވި މީހުންގެ އަދަދު 83 އަށް އަރާ ކަމަށެވެ.
"ޖެނުއަރީ 22 ވަނަ ދުވަހު ތިން މީހުން އަދި 23 ވަނަ ދުވަހު ދެ މީހުން ޕޮޒިޓިވްވެފައިވޭ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ސަންގެލީގެ އިތުރުން އަންނަތަރަ ކިހާވަށް ރިސޯޓުން ވެސް ވަނީ އިތުރު ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެގޮތުން މިއަދު 13 މީހަކު ޕޮޒިޓިވްވެ، އެ ރިސޯޓުން ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 31 އަށް އަރައިފައެވެ. އެޗްޕީއޭއިން އަންނަނީ އެ ރިސޯޓުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރަމުންނެވެ.
ރެސިޑެންސް މޯލްޑިވްސްއާއި އިރުވެލި ރިސޯޓުންވެސް އިތުރު ބަޔަކު ޕޮޒިޓިވްވެފައިވެއެވެ. އެގޮތުން ރެސިޑެންސްއިން ޕޮޒިޓިވްވި މީހުންގެ އަދަދު 15އަށް އަރާ އިރު، އިރުވެލިން އިއްޔެ ޕޮޒިޓިވްވި މީހާއާއެކު އެރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ ހަޔަކަށް އަރައިފައެވެ.
އެޗްޕީއޭއިން މީގެ ކުރިން ބުނީ، ރިސޯޓުތަކުގެ ކޮންމެ އައުޓްބްރޭކެއްވެސް ގާތުން މޮނީޓާކުރަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު