ރާއްޖޭގައި ކޮވިޑް ޖެހުނު އިތުރު މީހަކު މަރުވެ ރާއްޖޭގައި ކޮވިޑް މަރުގެ ޖުމުލަ 50 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ހެނދުނު 9:50ގައި އައިޖީއެމްއެޗްއަށް ގެންދެވުނު މީހަކު ހެނދުނު 10:14ގައި މަރުވެފައިވާ ކަމަށެވެ.
އޭނާއަކީ 77 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި މިއީ ކޮވިޑް ބަލީގައި ރާއްޖެއިން މަރުވި 50 ވަނަ މީހާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
މިއަދުގެ މަރާއެކު މިހާތަނަށް މި ބަލީގައި ރާއްޖޭގައި މަރުވެފަައިވަނީ 43 ދިވެހިންނާއި ހަތް ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ.
ކޮވިޑްގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު