ރިޔަލު ދޯންޏެއްގައި ގިނިކަންޏާ މަހަށް ނުކުތް އުމުރުން 81 އަހަރުގެ މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ 18 ފޫޓުގެ ރިޔަލު ދޯންޏެއްގައި ކ. މާފުށިން އެކަނި މަހަށް ފުރި 81 އަހަރުގެ ފިރިހެނެއްގެ ހަބަރެއް ނުވެގެން މިއަދު މެންދުރުފަހު 14:08 ހާއިރު އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ ރިޕޯޓާއެކު އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ މާލޭ އޭރިއާ ސްކޮޑުން ކުރަމުން އަންނަ ކަމަށް ބުންޏެވެ.
ގެއްލިގެން ހޯދަމުންދަނީ ކ. މާފުށި/ ޝޭޑީގްރޯ، އަހުމަދު އާދަމް މަނިކެވެ. އެމްއެންޑީއެފުން ބުނީ، އޭނާ މަހަށް ފުރާފައިވަނީ މިއަދު ފަތިހު 5:30 ހާއިރު ކަމަށެވެ.