ރިސޯޓުތަކުގެ ކޮވިޑުގެ އަދަދުތައް އިތުރަށް މައްޗަށް އަރައި، މިއަދު ވެސް ރިސޯޓުތަކުން 35 މީހަކު ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ރިސޯޓުތަކުން ޕޮޒިޓިވް ކޭސްތައް ފެންނަ މިންވަރު އިތުރުވަމުންދާ ކަމަށެވެ.
އެގޮތުން އޮޅުވެލި ރިސޯޓުން އިތުރު 14 މީހަކު ކޮވިޑް 19އަށް ޕޮޒިޓިވްވެ، އެ ރިސޯޓުން ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 78 އަށް އަރައިފައެވެ. އެ އެންމެންނަކީ ވެސް އެ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ. އަދި ސަންގެލި ރިސޯޓުންވެސް މިއަދު ހަ މީހުން ޕޮޒިޓިވްވެފައިވެއެވެ. އެއާއެކު އެ ރިސޯޓުން ޕޮޒިޓިވްވީ މީހުންގެ އަދަދު މިވަނީ 70 އަށް އަރައިފައެވެ.
މީގެ އިތުރުން އަނަންތަރާ ރިސޯޓުން ހަ މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެއީ މިއަދު ޕޮޒިޓިވްވި ފަސް މީހުންނާއެކުއެވެ. އިރުވެލި ރިސޯޓުން ފަސް މީހަކު ޕޮޒިޓިވްވެފައިވާ އިރު، މިއަދު ޕޮޒިޓިވްވީ އެކަކެވެ.
ގއ. އަތޮޅުގައި ހިންގަމުންދާ ރެސިޑެންޓް މޯލްޑިވްސް އިން 14 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށްވެސް އެޗްއީއޯސީން ބުންޏެވެ. މިއަދު އެ ރިސޯޓުން ޕޮޒިޓިވްވީ ތިން މީހުންނެވެ. އަދި އަދާރަން ކްލަބް ރަންނާޅިން 13 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އެޗްއީއޯސީން ބުންޏެވެ.
އެޗްއީއޯސީން ބުނީ ރިސޯޓުތަކުގެ ކޮންމެ އައުޓްބްރޭކެއްވެސް ގާތުން މޮނީޓާކުރަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު