ގއ. ކޮލަމާފުށި ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވެގެން ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ މީހަކު މިއަދު މަރުވެއްޖެއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނި ގޮތުގައި، މި ހާދިސާގައި މަރުވެފައިވަނީ ގއ. ކޮލަމާފުށި، އުދަރެސް، އުމުރުން 45 އަހަރުގެ އަހްމަދު މިސްހާގެވެ.

ކަޅެހުއްޓާގައި އުޅެނިކޮށް އޭނާގެ ހާލު ދެރަވުމާ ގުޅިގެން، ގއ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިއަދު މެންދުރުފަހު 2:30 ހާއިރުއެވެ. އޭނާ މަރުވެފައިވާ ކަމުގެ މައުލޫމާތު އެ ހޮސްޕިޓަލުން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މަރުގެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.