ހުޅުމާލޭ މިސްކިތެއްގައި ހުރި އުމުރުން ދުވަސްވީ މީހަކަށް ހަމަލާ ދިން މައްސަލައިގައި ހައްޔަރުކުރި އިންޑިއާ މީހާގެ ބަންދަށް ދިހަ ދުވަސް ޖަހައިފިއެވެ.

ހުޅުމާލޭ އަޒީޒާ މިސްކިތުގައި ނަމާދަށް ހުރި އުމުރުން ދުވަސްވީ މީހެއްގެ ގައިން ނުބައި ވަހެއް ދުވާ ކަމަށް ބުނެ، އިންޑިއާ މީހަކު އުމުރުން ދުވަސްވީ މީހާ މިސްކިތުން ނެރެން މަސައްކަތްކޮށް މާރާމާރީ ހިންގާފައިވަނީ އިއްޔެއެވެ.

ފުލުހުން މިއަދު ބުނީ، އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ އިންޑިއާ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދިހަ ދުވަހުގެ ބަންދުގެ މުއްދަތު ދީފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެނގިފައިވާ ގޮތުގައި މާރާމާރީ ހިންގި އިންޑިއާ މީހާއަކީ މަސްތުވެގެން ހުރެ މިސްކިތަށް އެރި މީހެކެވެ.