އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ރިޓަޔާ ކުރެއްވި މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމެޓީ) އަށް ހުށަހަޅައިފި އެވެ.
މަޖިލީހުގެ މީޑިއާ ޑިރެކްޓަރ ހަސަން ޒިޔާއު "ވަން" އަށް ވިދާޅުވީ، 241 ކޮމިޓީއަށް އެ މައްސަލަ ހުށަހެޅުއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ. އަދި އެ މައްސަލަ ހުށަހެޅުމުން އެ ކޮމިޓީން އެ މައްސަލަ ބަލަމުންދާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ނަޝީދު އެ މައްސަލަ ހުށަހަޅުއްވާފައިވަނީ ފުލުހުންގެ ހިދުމަތުގެ ގާނޫނު ފާސްކޮށް އެގާނޫނު ތަސްދީގު ކުރައްވާފައިވަނިކޮށް އެ ގާނޫނުގައިވާ ގޮތުގެ މަތިން ނޫނީ ފުލުހުންގެ އޮފިސަރަކަށް ރިޓަޔާ ނުކުރެއްވޭނެ ކަމުގައި ދެކެވަޑައިގެނެވެ.
ފުލުހުންގެ ގާނޫނު ތަސްދީގު ކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ. ނަމަވެސް އެ ގާނޫނުގައި ބުނެފައި އޮންނަނީ އެ ގާނޫނަށް އަމަލުކުރަން ފަށާނީ ގެޒެޓުގައި ޝާއިއުކުރާތާ ތިން މަސް ފަހުން ކަމަށެވެ. އެއީ މާޗް މަހުގެ ތެރޭގަ އެވެ.
އެ ގާނޫނުގެ 112 ވަނަ މާއްދާގައި ބުނެފައިވަނީ ފުލުހުންގެ ވަޒީފާއިން ވަކިކުރާ މީހުންނާއި ފުލުހެއްގެ މަގާމުގައި ހުރެ ކުރިކަމެއްގެ ސަބަބުން އޭނާއާމެދު އެޅިދާނެ ތައުދީބީ ފިޔަވަޅަކުން ސަލާމަތްވުމަށްޓަކައި ފުލުހުންގެ ހިދުމަތުން ވަކިވާ މީހުން ފިޔަވައި، ފުލުހުންގެ ވަޒީފާއިން އަމިއްލަ އިހްތިޔާރުގައި އެއްވެސް ތައުދީބީ މައްސަލައެއް އުފުލިފައިނެތް ހާލަތުގައި އަިދ އެފަދަ މައްސަލައެއް އުފުލުމުގެ ހާލަތުވެސް އުފެދިފައިނެތި، ވަކިވާ ކޮންމެ މީހަކީ ޝަރަފުވެރިކަމާއެކު ފުލުހުންގެ ވަޒީފާއިން ވަކިވާ މީހެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު