ހުޅުމާލޭގައި މިދިޔަ އާދީއްތަ ދުވަހުގެ ރޭ ބިދޭސީ އަކަށް ހަމަލާދީ ފޭރުނު މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.
ހަމަލާދީފައިވަނީ ހުޅުމާލެ ރަށު މާރުކޭޓު ސަރަހައްދުގައި ހުރި ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތްކުރާ ބިދޭސީއަކަށެވެ. އެމީހާއަށް ހަމަލާދީފައިވަނީ ހަތަރު މީހުންގެ ގްރޫޕަކުންނެވެ. އެމީހުން ވަނީ އެ ބިދޭސީ މީހާގެ ފަޔަށް ހަމަލާދީ ފައި ބިންދާލުމަށްފަހު އޭނާގެ ވޮލެޓާއި ފޯނު ވެސް ފޭރިގެންފަ އެވެ.
މި މައްސަލައާއި ގުޅިގެން "ވަން" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު މިއަދު ވިދާޅުވީ ބިދޭސީ މީހާ އަށް ހަމަލާދީ ފޭރުނު މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށެވެ. މި މައްސަލަ ފުލހުން ތަހްގީގު ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު