ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ނުބާއްވަން ސަރުކާރުން އެކި ބަހަނާ ދައްކަމުންދާ ކަމަށާއި އެކަމަށް ކިތަންމެ ބަހަނާއެއް ދެއްކި ނަމަވެސް އެ އިންތިހާބު ބާއްވަން ޖެހޭނެ ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި "ވިސްނާ" ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބު ނުބާއްވަން ސަރުކާރުން އުޅުން ނަމަވެސް ގާނޫނުއަސާސީ އޮތް ގޮތުން އަންނަ މާޗު މަހު އެ އިންތިހާބު ބާއްވަންޖެހޭނެ ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ހުރި ގޮތުން ހުރިހާ ދިމާލަކުން ގައުމު އިނދަޖެހެމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަން ނިމިގެން ދިޔައިރު ދިވެހި ކޮންމެ ފަރުދެއްގެ ޖީބަށް ފައިސާ ވަދެ، ތަނަވަސްކަން އޮތް ކަމަށެވެ. އަދި އޭރު ޒުވާނުންނަށް ވަޒީފާ ލިބުނު ނަމަވެސް ރައީސް ޔާމީން ނުހައްގުން ޖަލަށް ލައި މި ސަރުކާރުން އަނިޔާވެރިވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ޝަރީފު މިހެން ވިދާޅުވި އިރު، ރައީސް ޔާމީން ޖަލަށް ލާފައިވަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން ދައުލަތުން އެމަނިކުފާނުގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ މައްސަލަ ސާބިތުވެގެން ނެވެ. އަދި އެ ހުކުމާ ގުޅިގެން އެމަނިކުފާނު ގެންދަވަނީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު