ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑާ ގުޅިގެން އާންމުކޮށްފައިވާ އުސޫލުތަކާ ހިލާފުވާ މީހުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރާ ގޮތަށް އުސޫލެއް އެކުލަވާލައިފިއެވެ.
އެޗްޕީއޭ އިން އާންމުކުރި "އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާ އެންގުންތަކާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާ އެންގުންތަކަށް އިހުތިރާމުކޮށް، އާންމު ސިއްހަތުގެ ނުރައްކާތެރިކަން ކޮންޓްރޯލު ކުރުމަށް ނުވަތަ ގައިން ގަޔަށް އަރާ ބަލި ކޮންޓްރޯލުކުރުމަށް ކުރެވެމުން އަންނަ މަސައްކަތަށް، ކޮންމެ މީހަކު ވެސް އެއްބާރުލުން ދޭންވާނެ ކަމަށެވެ.
އުސޫލުގައި ވަނީ އެއްބާރުލުން ދިނުމެއްނެތި، އަންގާ އެންގުމަކަށް މީހަކު ހުރަސްއަޅައިފިނަމަ އެކުރެވެނީ ކުށެއް ކަމަށާއި އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭނެ ކަމަށެވެ.
- އެންގުމާ ހިލާފުވާ ފުރަތަމަ ފަހަރު 1000ރ. އިން ޖޫރިމަނާކުރުން
- އެންގުމާ ހިލާފުވާ ދެވަނަ ފަހަރު 3000ރ. އިން ޖޫރިމަނާކުރުން
- އެންގުމާ ހިލާފުވާ ތިންވަނަ ފަހަރު 7500ރ. އިން ޖޫރިމަނާކުރުން
- އެންގުމާ ހިލާފުވާ ހަތަރުވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 10،000ރ. އިން ޖޫރިމަނާކުރުން
- އެންގުމާ ހިލާފުވާ ފުރަތަމަ ފަހަރު 5000ރ. އިން ޖޫރިމަނާކުރުން
- އެންގުމާ ހިލާފުވާ ދެވަނަ ފަހަރު 25،000ރ. އިން ޖޫރިމަނާކުރުން
- އެންގުމާ ހިލާފުވާ ތިންވަނަ ފަހަރު 50،000ރ. އިން ޖޫރިމަނާކުރުން
- އެންގުމާ ހިލާފުވާ ހަތަރުވަނަ ފަހަރު 75،000ރ. އިން ޖޫރިމަނާކުރުން
- އެންގުމާ ހިލާފުވާ ފަސްވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 100،000ރ. އިން ޖޫރިމަނާކުރުން
- އުސޫލުގައިވާ ގޮތުން ނުރައްކާތެރި ބައްޔެއް ޖެހިފައިވާ މީހާ ނުވަތަ ނުރައްކާތެރި ބައްޔެއް ޖެހިފައިވާކަމަށް ޝައްކުކުރެވިގެން ކަރަންޓީނު ކޮށްފައިވާ ނުވަތަ އެކަހެރި ކޮށްފައިވާ މީހާ، ކަރަންޓީނުގެ އަމުރާ ނުވަތަ އެކަހެރިވުމުގެ އަމުރާ ހިލާފުވުން.
- ނުރައްކާތެރި ބައްޔެއް އެ ރަށަކުން ނުވަތަ އެ ތަނަކުން ފެނުމާ ގުޅިގެން މޮނީޓަރިންގެ ހާލަތަށް ގެންނަ ރަށްރަށާއި ތަންތަނަށް ހުއްދައަކާ ނުލައި ވަދެ ނުކުތުން.
- ނުރައްކާތެރި ބައްޔެއް ޖެހިފައިވާ މީހާ ނުވަތަ ނުރައްކާތެރި ބައްޔެއް ޖެހިފައިވާކަމަށް ޝައްކުކުރެވޭ މީހާގެ މައުލޫމާތު އެނގިހުރެ ސިއްރުކުރުން.
- ނުރައްކާތެރި ބައްޔެއް ޖެހިފައިވާ މީހާ ރާއްޖެ އެތެރެވުމަށް މަގުފަހިކޮށްދިނުން ނުވަތަ ރާއްޖެ ގެނައުން.
މި އުސޫލުގެ ދަށުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅައި، އެ ފިޔަވަޅުތައް ތަންފީޒުކުރުމުގެ ކަންކަން ކުރިޔަށްގެންދާނީ ފުލުހުން ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު