މެދުރާއްޖެތެރޭގެ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި 40 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ކ.، އއ.، އދ. އަދި ވ. އަތޮޅު ހިމެނޭ ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަނުގައި ހިމެނޭ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މިމަހުގެ 17 ވަނަ ދުވަހު ހުށަހެޅިފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން 40 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.
ކުޑަކުދިންނާ ގުޅޭ މައްސަލަތައް ފުލުހުން ތަހުގީގުކުރަމުން އަންނަނީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު