ވަގުން ހިފަން އައި މަޖިލިހަށް ދެ އަހަރުވާއިރު، ވައްކަންކުރި އެންމެން ތިބީ ގޭގައި ކަމަށާއި، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ އެއް ރުފިޔާވެސް ހޯދިފައި ނުވާ ކަމަށް ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުގެ ބޮޑު ހިޔާނާތުގައި އެންމެ އިސްކޮށް އުޅުނު ފަރާތްތަކުގެ ތެރެއިން، އެތަނުގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އުފުލާފައިވާ 32 ދައުވާއެއްގެ ހުކުމް އިއްވުން ކްރިމިނަލް ކޯޓުގައި މާދަމާއަށް ތާވަލް ކުރުމާ ގުޅިގެން އެކަން ފާހަގަ ކުރައްވައި ހައިލަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވަގުން ހިފަން އައި މަޖިލިހަށް ދެ އަހަރުވާއިރު، ވައްކަން ކުރި އެންމެން ތިބީ ގޭގައި ކަމަށާއި އެމްއެމްޕީއާރުސީގެ އެއްމެ ރުފިޔާއެއްވެސް ހޯދިފައި ނުވާ ކަމަށެވެ.
މީގެ އިތުރުން ސަފާރީ ކޭހަށް ވީގޮތް އެނގޭ މީހަކު ނެތް ކަމަށާއި، 10 މީހަކަށް ޖިންސީ ގޯނާކުރި މިނިސްޓަރު ހުރީ ގޭގައި ކަމަށްވެސް ވިދާޅުވެފައި ވެއެވެ. އަދި އަނިޔާއާއި ވައްކަމަކީ ބަޔަކު ދެކޮޅު ހަދާ ފަލްސަފާއެކޭ ބުނާތީ އިވޭ ކަމަަށްވެސް ހައިލަމް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީލޯންޑަރިންގެ މައްސަލައިގެ ހުކުމް އިއްވަން ކުޑަތަންވެފައި ވަނިކޮށް، ގާޒީ ހައިލަމްގެ މައްސަލައެއް ޖޭއެސްސީން ބެލުމަށްފަހު އޭނާ ސަސްޕެންޑް ކުރުމަށްފަހު، ފަހުން އޭނާ މަގާމުން ވަކިކުރަން ނިންމައި ޖޭއެސްސީން އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވިއެވެ.
ނަމަވެސް އޭނާ މަގާމުން ވަކިކުރުމަށް މަޖިލީހަށް ފޮނުއްވި މައްސަލައިގައި މަގާމުން ވަކި ކުރަން މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީންވެސް ނިންމާފައި ވަނިކޮށް ހުސްވި 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހު ހައިލަމް ގާޒީކަމުގެ މަގާމުން އަމިއްލައަށް އިސްތިއުފާ ދެއްވިއެވެ.
އަހުމަދް ހައިލަމް
އަހުމަދް ހައިލަމް
އަހުމަދް ހައިލަމް