މެދުކަނޑާލި ބްރިޓިޝް އެއާވޭސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފެށުމަށް ނިންމައިފި އެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ހުޅުވާލި ފަހުން ބްރިޓިޝް އެއާވޭސް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާއި ލަންޑަންގެ ހީތްރޯ އެއާޕޯޓާ ދެމެދު ދަތުރުތައް ފެށީ މިދިޔަ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު އެވެ. އެފަހަރު ދަތުރުތައް ފެށި އިރު ބޭއްވީ ހަފްތާއަކު ތިން ފްލައިޓެވެ.
ނަމަވެސް ކޮވިޑް ފެތުރޭތީ އިނގިރޭސި ވިލާތް ލޮކްޑައުން އޮތުމުގެ ސަބަބުން ބްރިޓިޝް އެއާވޭސްގެ ދަތުރުތައް މެދުކަނޑާލި އެވެ.
ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ، މާދަމާ އިން ފެށިގެން ބްރިޓިޝް އެއާވޭސް އިން އަލުން ރާއްޖެއަށް ދަތުރުތައް ފަށާނެ ކަމަށެވެ. އަދި އަންނަ އަންގާރަ ދުވަހާ ހަމައަށް ހަފްތާގެ ކޮންމެ ދުވަހަކު ދަތުރުތައް ބާއްވާނެ ކަމަށް ބުންޏެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖުލައި 15 އިން ފެށިގެން މިދިޔަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހާ ހަމައަށް 67،564 ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ. އޭގެ ތެރެއިން އިނގިރޭސި ވިލާތުން 5،035 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު