މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްކް އަޅައިގެން އުޅުމަށާއި ތިން ފޫޓުގެ ގައިދުރުކަން ބަހައްޓަން އަންގައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އަންނަ ހުކުރު ދުވަހުން ފެށިގެން މީހުން ދިރިއުޅޭ ރަށްރަށާއި އެއާޕޯޓު ހިންގާ ރަށްރަށުގައި މާސްކު އަޅައިގެން އުޅުމާއި، ބޭރުގައި އެކުވެ އުޅޭއިރު ތިން ފޫޓުގެ ގައި ދުރުމިން ބަހައްޓަން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން ހުކުރު ދުވަހުން ފެށިގެން، ކޮންމެހެން ދޭން ޖެހޭ ހިދުމަތެއް ދިނުމަށާއި އެކިއެކި މަޝްރޫއުތަކުގެ މަސައްކަތް ހިންގުމަށް މާލެއިން އަތޮޅުތަކަށް ދަތުރު ކުރާ މީހުންނަށް 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ނަތީޖާއާކާ އެކު ދަތުރު ކުރެވޭނެ ކަމަށް އެޗްޕީއޭގެ މި އިއުލާނުގައި ބުނެފައި ވެއެވެ.
ކުރިޔަށް އޮތީ ސްކޫލްތަކުގެ ބަންދު ކަމަށް ވާތީ ގިނަ ބަޔަކު އަންނަނީ އަތޮޅުތަކުގެ ރަށްރަށަށް ދަތުރު ނުކުރެވުމުގެ ޝަކުވާ އުފުލަމުންނެވެ. އެހެން ނަމަވެސް އެޗްޕީއޭއިން އަންނަނީ ރަށްރަށުގައި ކޮވިޑް ފެތުރުނަ ނުދިނުމަށް ޓަކައި އަޅާފައިވާ ހަރުދަނާ ހުރިހާ ފިޔަވަޅުތަކެއް ދަމަހައްޓަމުންނެވެ.
ރަށްރަށުގައި ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދީ، ގިނަ ގެސްޓުހައުސްތަކެއް ހުޅުވާފައިވާ އިރު، ގެސްޓުހައުސް ހުޅުވާ ރަށްރަށުގައި ވެސް ހާއްސަ ގޮތްތަކަށް އަމަލުކުރުމަށް އުސޫލުތައް ވަނީ އާންމުކޮށްފަ އެވެ.
ކޮވިޑް 19
ކޮވިޑް 19
ކޮވިޑް 19