މަނީލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމަށް ވީހާވެސް އަވަހަކަށް ލުޔެއް ލިބިވަޑައިގެން މިނިވަން ވުމަށް އެދިވަޑައިގެން ދުއާ ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލިސް ރައީސް މިހެން ވިދާޅުވީ، ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމު ދެއްކެވި ވާހަކައާ ގުޅިގެންނެވެ.
މާވަށު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ސައީދާއި، އަހުމަދު ޝިޔާމު މިއަދުގެ ޖަލްސާގެ ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވައި ނިންމެވުމުން، ދެން ފުރުސަތު ލިބިވަޑައިގެންނެވި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ، ރައީސް ޔާމީން ޖަލުގައި އެއް އަހަރުދުވަސް ހޭދަ ކުރެއްވި ހިތާމަވެރިކަން، މެންބަރު ޝިޔާމާއި ސައީދު ކޯފާ އިސް ކުރައްވައިގެން ފާޅުކުރެއްވި ނަމަވެސް އާއްމު ގިނަ މެންބަރުން ދަތުރުވަޑައިގެން ނާޗަރަންގީ ކުޅުއްވުމާއި މަޖާކުރެއްވުމުގައި އެ މުނާސަބާ ވަރަށް ކުލަގަދަކޮށް އުފަލުގައި ފާހަގަ ކުރި ކަމަށެވެ.
އެކަމާ ގުޅިގެން ނިޒާމީ މައްސަލަ ނަންގަވައި ޝިޔާމު ވިދާޅުވީ ރައީސް ޔާމީނަށް ފަސް އަހަރުގެ ހުކުމެއް ޖަހާފައި ވަނީ ނުހައްގުން، ނާއިންސާފުން ކަމަށެވެ. ނަމަވެސް ރައީސް ޔާމީނަކީ ފިއްލަވާނެ ބޭފުޅެއް ނޫންކަމަށާއި އެމަނިކުފާނަށް ފަސް އަހަރު އޮންނަވަން ޖެހިވަޑައިގަންނަވާނަމަ ފަސް އަހަރު އޮންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"ޔަގީން ކުރައްވާ ދިވެހި ރާއްޖޭގެ ސިޔާސީ ވެރިޔަކު ޖަލުގައި ހުކުމް ތަންފީޒު ކުރައްވަން ޖެހިވަޑައިގެން، ކަންބޮޑުވޭ އެއީ ނާއިންސާފުން ކޮށްފައިވާ ހުކުމެއް، އެއީ ސީދާ ނަހަލާލު ހުކުމެއް އެއީ ދަށު ކޯޓުގައި ހުރި ފަނޑިޔާރު އެހެރީ މިހާރު މަތީ ކޯޓަށް ލައިފަ އެހުކުމް ޖެހީތީ ވެ،" ޝިޔާމު ވިދާޅުވިއެވެ.
ޝިޔާމުގެ އެ ވާހަކަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ "އަޅުގަނޑުވެސް ދުއާ ކުރާނީ ރައީސް ޔާމީނަށް ވީހާވެސް އަވަހަކަށް ލުޔެއް ލިބި މިނިވަން ވުމަށް،" ކަމަށެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް