ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި މަޖިލީހުގެ ކޮމިޓީއެއް އަޑު އެހުމަށް، ބަގުކުރާ ސާމާނު ހަރުކުރަން އުޅުނު މައްސަލައެއް ބަލަން މަޖިލިސް ރައީސް، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ފޮނުވައިފި އެވެ.
އެ މައްސަަލަ ކޮމިޓީއަށް ފޮނުވަމުން މިއަދުގެ ޖަލްސާގައި މަޖިލިސް ރައީސް ވިދާޅުވީ، މަޖިލީހުގެ ސެކިއުރިޓީ ކުއްޖަކާ ގުޅިގެން އެކަން ކުރަން މަސައްކަތް ކުރީ ފުލުހެއް ކަމަށެވެ.
"މިދާކަށްދުވަހު މަޖިލީހުގެ ސާޖެންޓް އެޓް އާމްސް ރިޕޯޓް ކުރެއްވީ މި މަޖިލީހުގެ ކޮމިޓީއެއް ބަގު ކުރުމަށް، އަޑުއަހާ ޒާތުގެ އާލާތް، ކޮމިޓީ ކޮޓަރިއެއްގަ އާއި އަދި މަޖިލީހުގެ ނާއިބުރައީސްގެ ކޮޓަރިކޮޅުގަ އާއި އަދި އަޅުގަނޑުގެ ކޮޓަރީގައި (އެކަމް އަޅުގަނޑަކށް ނޭގެ އެއީ ކޮން ބޭނުމެއްގައިކަމެއް) އަޅުގަނޑުގެ ކޮޓަރީގައިވެސް މި ބާވަތުގެ އާލާތް ހަރު ކުރުމަށް މަޖިލީހުގެ ސެކިއުރިޓީ ސްޓާފުންނާއި ފުލުސްއޮފީހުގައި މަސައްކަތްކުރާ މީހަކާއި، ވާހަކަ ދެކެވި އެ ސެކިއުރިޓީ ސްޓާފް ވަނީ މަޖިލީހުގެ ސާޖެންޑްއެޓްއާމްސް އަށް ދަންނަވައިފަ، އެހެންވީމަ ވަނީ މަޖިލީހުގެ ސެކްރެޓަރީ ޖެނެރަލްއަށް އެ މައުލޫމާތު ހިއްސާކޮށްފައި،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ، އެ މައްސަލަ އެ މައްސަލަ ފުލުސްއޮފީހަށް ހުށަހަޅުއްވަން ބޭނުންފުޅު ނުވާ ކަމަށެވެ. ބޭނުންފުޅުވަނީ، އެކަން ހިނގާފައިވާގޮތް މަޖިލީހުން ބެލުމަށް ކަމަށާއި، އެހެންކަމުން އެ މައްސަލަ، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ފޮނުއްވައިފިކަމަށްވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އެތަކެތި ހަރުކުތުމަށް ފުލުސް ކުއްޖާ ގުޅަމުން ގެންދިޔައީ، ރައްޔިތުންގެ މަޖިލީހުގެ އަންހެން ސްޓާފަކަށް ކަމަށެވެ. ނަމަވެސް އެއީ ކޮން ސްޓާފެއްކަމެއް އެމަނިކުފާނު ވިދާޅެއް ނުވެއެވެ.
"ފުލުސްއޮފީހުގެ މިބުނާ ކުއްޖާ މިތަނުން ގުޅަމުން ގެންދެވީ އަންހެން ސްޓާފަކަށް، ދެން އެބޭފުޅާވެސް ވަަރަށް ހަރުދަނާ ކަމާއެކީގައި މަޖިލީހުގެ އިދާރާއަށް މަސައްކަތް ކޮށްދެއްވި، އަޅުގަނޑު އެބޭފުޅާއަށް ޝުކުރު ދަންނަވަން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު