ކޮވިޑު ޖެހުނު އިތުރު މީހަކު މަރުވެ، މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 45 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އައިޖީއެމްއެޗް އީއާރުގައި ފަރުވާދެމުންދިޔަ އުމުރުން 72 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު އިރުއޮއްސި 6:36ގައި މަރުވެފައިވާ ކަމަށެވެ.
މިއީ ކޮވިޑް ބަލީގައި ރާއްޖެއިން މަރުވި 45 ވަނަ މީހާއެވެ. އޭނާއަކީ މިމަހުގެ ތެރޭގައި ކޮވިޑް ބަލީގައި މަރުވި ހަތްވަނަ މީހާއެވެ. މި ތިން ދުވަހު ކޮވިޑް ބަލީގައި ހަތަރު މީހަކު މަރުވެފައިވާ އިރު، އޭގެ ތެރޭގައި އިއްޔެ މަރުވި ދެ މީހުން ހިމެނެއެވެ. މި ތިން ދުވަހު މަރުވި ހަތަރު މީހުންނަކީ ވެސް ދިވެހީންނެވެ.
މިހާތަނަށް މި ބަލީގައި މަރުވެފަައިވަނީ 38 ދިވެހިންނާއި ހަތް ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ.
ކޮވިޑްގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިއަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް މީހުންގެ ޖުމުލަ އަދަދު ވަނީ 12،314 އަށް އަރައިފަ އެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި 277 މީހަކު ތިބި އިރު، ހޮސްޕިޓަލުތަކުގައި 59 މީހަކު އެބަ ތިއްބެވެ. ރާއްޖޭގައި މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 11،316 މީހެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު