ލައިގެން ހުރި ބޮކްސާތެރެއިން މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި، ޒުވާނެއް ހައްޔަރުކޮށް ބަންދު ޖަހައިފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ރ. މީދޫ ރަބަރުމާގޭ އައިހަމް އިބްރާހީމް 22އ އެވެ. އޭނާގެ މައްޗަށް ފުލުހުން ކުރަނީ މަސްތުވާތަކެތި ގެންގުޅުމާއި މަސްތުވާތަކެތި ބޭނުންކުރުމާއި މަސްތުވާތަކެތި ޓްރެފިކްކުރުމާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތެވެ.
އައިހަމް ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން، "މުޖުތަމައަށް ނުރައްކާ އޮތް ކަމަށް ބަޔާންކޮށް" ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.
ކޯޓު އަމުރުގައިވާ ގޮތުގައި، ފުލުހުން ވަނީ އައިހަމްއާ ދެކޮޅަށް އިންޓެލިޖެންސް ރިޕޯޓާއި ސީނަށް ދިޔަ ފުލުހުންގެ ބަޔާން ހުށަހަޅައިފައެވެ.
ކޯޓު އަމުރުގައިވާ ގޮތުން އައިހަމް ހައްޔަރުކުރިއިރު މަސްތުވާތަކެތި ފެނިފައިވަނީ އޭނާ ލައިގެންހުރި ބޮކްސާއާއި ހަށިގަނޑާ ދޭތެރެއިންނެވެ. ނަމަވެސް ކޯޓުގައި އައިހަމްވަނީ އެއީ އޭނާގެ ތަކެތި ނޫންކަމަށް ބުނެ އިންކާރުކޮށްފައެެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
އަލީ ޔާމިން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް