މިދިޔަ މަހުގެ 29 ވަނަ ދުވަހު ލ. ގަމުގައި ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނާ މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ގަމު، މުކުރިމަގު، ލިންކު ރޯޑުގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ޕިކަޕެއްގެ ފަހަތުގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވެ، ފަރުވާ ހޯދަމުން ދިޔަ ޒުވާނާ މިރޭގެ ވަގުތެއްގައި މަރުވެފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

އެ އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބިގެން ފަރުވާ ހޯދަމުން ދަނިކޮށް މަރުވެފައިވަނީ ލ. ގަމު، މުކުރިމަގު/ ރުއްކުރި، އަހްމަދު ފަހީމެވެ.

އުމުރުން 29 އަހަރުގެ އެ ޒުވާނާ މަރުވެފައިވަނީ އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިރޭގެ ފަތިސް ނަމާދަށްފަހު އާސަހަރާ މިސްކިތުގަ އެވެ.