ހަ ރަށެއްގެ ބިންހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށް، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
ބިމުގެ ދަތިކަން ހައްލުކުރުމަށް ބިން ހިއްކަން ހަވާލުކުރި ހަ ރަށަކީ ރ. ދުވާފަރު، ހއ. އިހަވަންދޫ، އއ. އުކުޅަސް، ތ. ހިރިލަންދޫ، ގއ. ދާންދޫ އަދި މ. ދިއްގަރެވެ. މި ރަށްތަކުގެ ތެރެއިން ދުވާފަރާއި ދާންދޫ ފިޔަވައި ދެން ބާކީ ހުރި ހަތަރު ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުން ވެސް ހިމެނެ އެވެ.
މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.
- ދުވާފަރު ބިން ހިއްކުން
- އަގު: 143 މިލިއަން ރުފިޔާ
- ސްކޯޕް: 22.2 ހެކްޓަރު
- މުއްދަތު: 445 ދުވަސް
- އިހަވަންދޫ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުން
- އަގު: 123.9 މިލިއަން ރުފިޔާ
- ސްކޯޕް: 25 ހެކްޓަރު
- މުއްދަތު: 365 ދުވަސް
- އުކުޅަސް ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުން
- އަގު: 71 ރުފިޔާ
- ސްކޯޕް: 10 ހެކްޓަރު
- މުއްދަތު: 235
- ހިރިލަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން
- އަގު: 105 މިލިއަން ރުފިޔާ
- ސްކޯޕް: 20 ހެކްޓަރު
- މުއްދަތު: 285 ދުވަސް
- ދާންދޫ ބިން ހިއްކުން
- އަގު: 186.6 މިލިއަން ރުފިޔާ
- ސްކޯޕް: 25 ހެކްޓަރު
- މުއްދަތު: 350 ދުވަސް
- ދިއްގަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން
- އަގު: 121.8 މިލިއަން ރުފިޔާ
- ސްކޯޕް: 25 ހެކްޓަރު
- މުއްދަތު: 450 ދުވަސް
މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް
މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް
މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް
މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް