އަންނަ އަހަރު ދައުލަތަށް ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 17.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފިއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 34,787,720,151 (ތިރީސް ހަތަރު ބިލިއަން ހަތް ސަތޭކަ އައްޑިހަ ހަތް މިލިއަން ހަތް ސަތޭކަ ވިހި ހާސް އެއް ސަތޭކަ ފަންސާސް އެއް ރުފިޔާ) ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ބަޖެޓުގައިވާ ގޮތުން އަންނަ އަހަރުވެސް ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭނީ ޓެހުކުންނެވެ. އެގޮތުން ޓެކުހުން 9.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، ޓެކްސް ނޫން ގޮތްގޮތުން 5.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައި ވެއެވެ. އަންނަ އަހަރު ހިލޭ އެހީއާއި އެހެނިހެން އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 2.2 ބިލިއަން ރުފިޔާއެވެ.
- އިމްޕޯޓް ޑިއުޓީ: 2.9 ބިލިއަން ރުފިޔާ
- ޖީއެސްޓީ: 2 ބިލިއަން ރުފިޔާ
- ގްރީން ޓެކްސް: 363 މިލިއަން ރުފިޔާ
- ޓީޖީއެސްޓީ: 2 ބިލިއަން ރުފިޔާ
- ޕީބީޓީ: 2 ބިލިއަން ރުފިޔާ
- އެއާޕޯޓް ސާވިސް ސާޖު: 313 މިލިއަން ރުފިޔާ
- ރިސޯޓުތަކުގެ ކުލި: 1.9 ބިލިއަން ރުފިޔާ
- ބިދޭސީން ރާއްޖޭގައި ތިބުމުގެ ހުއްދަ އަދި ކޯޓާ ފީ: 505 މިލިއަން ރުފިޔާ
- އެހެނިހެން ޓެކްސް ނޫން އާމްދަނީ: 1.6 ބިލިއަން ރުފިޔާ
- އިންޓަރެސްޓް ރޭޓާއި ފައިދާ: 799 މިލިއަން ރުފިޔާ
- ރަޖިސްޓްރޭޝަންއާއި ލައިސަންސް ފީ: 680 މިލިއަން ރުފިޔާ
އަންނަ އަހަރަށް ލަފާކޮށް، ހުށަހަޅާފައިވާ ބަޖެޓުގައި ވަނީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށްވެސް ގިނަ ކަންތައްތަކެއް ހިމަނާފައެވެ. އެގޮތުން ދިވެހިންނަށް ބިން ވިއްކައިގެންނާއި ފަތުރުވެރިކަމަށް ބިން ދޫކޮށްގެންނާއި ޕާކިން ފީ ނަގައިގެންނާއި ޓެލެކޮމް ލައިސަންސް ފީއާއި ރިއަލް އެސްޓޭޓުން ލިބޭ އާމްދަނީ އާއި އެއާޕޯޓު ޑިވެލޮޕްމަންޓް ފީއިން ޖުމްލަ 1.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މިދިޔަ އަހަރެކޭވެސް އެއްގޮތަށް އަންނަ އަހަރުގެ ބަޖެޓުންވެސް އެންމެ ބޮޑު ހޭދައެއް ކުރާނީ ޕީއެސްއައިޕީގެ މަޝްރޫއު ތަކަށާއި މުވައްޒަފުންނަށް ހިނގާ ހަރަދަށެވެ. އެގޮތުން ބަޖެޓުގެ 48 އިންސައްތަ ހޭދަކުރެވިގެންދާނީ އެ ދެކަންތަކަށެވެ.
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު