ކްރެޑިޓް ރޭޓިން ކުންފުނި ކަމަށްވާ، "ފިޗް" ފަދަ ބައިނަލްއަގްވާމީ އިންޑިކޭޓަރުން ދޭ ރޭޓުގެ އަޑު ރާއްޖެއިން އަހަން ޖެހޭ ކަމަށާއި، ނަމަވެސް ގައުމު ދަރަނިވެރި ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މަޖިލިސް ރައީސް މިހެން ވިދާޅުވީ، ކޮވިޑާ ގުޅިގެން ރާއްޖެއަށް ލިބޭ ބޭރު ފައިސާ މަދުވެ ދަރަނި އިތުރުވުމާ ގުޅިގެން، ފިޗުން ރާއްޖޭގެ ރޭޓިން "ބީ" އިން "ސީސީސީ" އަށް ދަށްކޮށްފައިވާ ދަނޑިވަޅެއްގައެވެ.
މިކަމާ ގުޅިގެން މަޖިލިސް ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފިޗުގެ ރޭޓިން ދަށްކުރުމުން އެކަމުގެ އަޑުއަހަން ޖެހޭނެ ކަމަށެވެ. ނަމަވެސް ބޭރުގެ ފަރާތްތަކަށް ދައްކަން ޖެހޭ ލޯނުތައް ރީ ސްޓްރަކްޗާ ކޮށްފިނަމަ ގައުމު ދަރަނި ނުވާނެ ކަމަށެވެ.
ހާއްސަކޮށް ޗައިނާ ކުންފުނިތަކަށް ދައްކަން ޖެހޭ ލޯނުތައް، ފާހަގަ ކުރައްވައި ޓޫރިޒަމް ކުރިއަރައި ދިއުމާއި ދަތުރުފަތުރު ކުރުން ގިނަވަމުން އަންނާތީ، އުއްމީދު އެބައޮތް ކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ރޭޓިން ސީސީސީ އަށް ބަދަލު ކުރުމާ ގުޅިގެން ފިނޭންސް މިނިސްޓްރީން އިއްޔެ ބުނީ އެ ރޭޓިން ގަބޫލު ނުކުރާ ކަމަށެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް