ކ. ހުރާ ގެސްޓް ހައުސްއެއްގައި ހުރި ފަތުރުވެރިއަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހުރާ ގެސްޓް ހައުސެއްގައި ހުރި ފަތުރުވެރިއަކު މިއަދު ޕޮޒިޓިވް ވެފައިވާތީ އޭނާގެ ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.
ހުރާ ކައުންސިލްގެ ރައީސް އީސާ އަހުމަދު "ވަން" އަށް މިރޭ ވިދާޅުވީ ޕޮޒިޓިވް ވެފައިވަނީ ރަޝިއާ މީހެއް ކަމަށާއި އޭނާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ ރާއްޖެއިން ފުރުމުގެ ކުރިން ހަދަންޖެހޭ ޕީސީއާރު ޓެސްޓުން ކަމަށެވެ. އަދި ޕޮޒިޓިވްވި މީހާ މިހާރު ކަރަންޓީނަށް ލާފައިވާއިރު އޭނާގެ އާއިލާގެ މީހުން ވަކިން ތަނެއްގައި އައިސޮލޭޓް ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
އީސާ އިތުރަށް ވިދާޅުވީ، ކޮންޓެކްޓް ޓްރޭސިންއަށް ގެސްޓް ހައުސްގައި ތިބި ގެސްޓުންނާއެކު އެތަން ބަންދުކޮށްފައިވާ ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވާ މީހުން ވެސް ކަރަންޓީން ކުރަމުން އަންނައިރު ރަށު ތެރެއިން ރެންޑަމް ސާމްޕަލްތަކެއް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު