މާފުށީ ގެސްޓްހައުސްއެއްގައި ތިބި ދެ ފަތުރުވެރިޔަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މިކަން މާފުށީ ކައުންސިލްގެ ރައީސް އުސްމާން ރަޝީދު ވަނީ ދާދި ދެންމެ "ވަން" އަށް ކަށަވަރުކޮށްދެއްވައިފަ ވެއެވެ.
އުސްމާން ވިދާޅުވީ އެރަށުން ޕޮޒިޓިވް ވެފައިވާ ދެ ފަތުރުވެރިންނަކީ ދެމަފިރިން ކަމަށެވެ. އެއީ ބަންގްލަދޭޝް އަންހެނަކާއި ޕާކިސްތާނު ފިރިހެނެއް ކަމަށް އުސްމާން ވިދާޅުވިއެވެ.
މި ދެމީހުންވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ ރާއްޖެއިން ފުރުމުގެ ކުރިން ފަތުރުވެރިން ހަދަން ޖެހޭ ޕީސީއާރް ޓެސްޓުން ކަމަށާއި މި ޓެސްޓު ހަދާފައިވަނީ އިއްޔެ ކަމަށް އުސްމާނު ވިދާޅުވިއެވެ. މި ޓެސްޓުގެ ނަތީޖާ ލިބުނީ މިއަދު ކަމަށް ވެސް އުސްމާނު ވިދާޅުވިއެވެ.
މި ދެފަތުރުވެރިން ޕޮޒިޓިވް ވުމާ ގުޅިގެން ގެސްޓްހައުސް އިން އަޅަން ޖެހޭ ފިޔަވަޅުތައް މިހާރު އަޅާފައިވާ ކަމަށާއި އެގޮތުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ދާ ކަމަށާއި، ޑައިރެކްޓް ކޮންޓެކްޓު ވި މީހުން ކަރަންޓީނު ކުރަމުން އަންނަ ކަމަށްވެސް އުސްމާނު ވިދާޅުވިއެވެ. އަދި އުސޫލުތަކާއި އެއްގޮތަށް ޕޮޒިޓިވް ވި ދެ ފަތުރުވެރިން މިހާރު ތިބީ ގެސްޓްހައުސް އިން ތައްޔާރުކޮށްފައިވާ އައިސޮލޭޝަން ރޫމްގައި ކަމަށް ވެސް އުސްމާން ވިދާޅުވިއެވެ.
މިވަގުތު މާފުށީގެ ހުރިހާ ރައްޔިތުންވެސް އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލު ކުރުމަށް އުސްމާން ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ. އެގޮތުން ވަކިން ހާއްސަކޮށް މީހުން ގިނަ ތަންތާގައި މާސްކު އެޅުމަށް އިތުރު ސަމާލުކަން ދިނުމަށް އުސްމާނު ވިދާޅުވިއެވެ.
ކ. މާފުށި
ކ. މާފުށި
ކ. މާފުށި
ކ. މާފުށި