އުރީދޫ މަސް ރޭސް އަންނަ ހުކުރު ދުވަހު ކ. މާފުށީގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.
އުރީދޫން މިއަދު ބުނީ މިފަހަރުގެ މަސް ރޭހަކީ އުރީދޫ އާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެން ބާއްވާ ރޭހެއް ކަމަށެވެ.
މިފަހަރުގެ މަސް ރޭހުގައި 16 ޓީމެއް ބައިވެރިވެފައިވާ އިރު، 43،000 ރުފިޔާގެ ފައިސާގެ އިނާމު ހިމެނެއެވެ. އެއީ:
- ޗެމްޕިއަން ޓީމް: 25000 ރުފިޔާ
- ދެވަނަ ޓީމް: 10000 ރުފިޔާ
- ތިންވަނަ ޓީމް: 5000 ރުފިޔާ
އަދި އެންމެ މޮޅު އަންހެން އަދި ފިރިހެން މަސްވެރިޔާއަށާއި، އެންމެ ބަރު މަސްބާނާ ފަރާތަށް ވެސް 1000 ރުފިޔާގެ އިނާމެއް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫ މަސްރޭހަކީ ދިވެހިންގެ މަސްވެރިކަމުގެ ހުނަރާއި ޒަމާނުއްސުރެ މަސްވެރިކަމަށް އޮންނަ ލޯބި ދެމެހެއްޓުމުގެ ނިޔަތުގައި ބޭއްވޭ ހަރަކާތެއް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
ކޮމެންޓް