ބަނޑޮސް އައިލެންޑް ރިސޯޓުގައި ހުރި ފަތުރުވެރިޔަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ބަނޑޮހުގައި ހުރި ފަތުރުވެރިޔަކު މިއަދު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭނާ ޕޮޒިޓިވްވެފައިވަނީ ސްޕްލިޓް ސްޓޭއަކަށް ސަފާރީއަށް ދިއުމަށް ހެދި ޓެސްޓަކުން ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ކޮންޓެކްޓުންގެ ގޮތުގައި 12 މީހުން ހިމެނެއެވެ. އެންމެންވެސް މިހާރު ވަނީ އެކަހެރި ކޮށްފައެވެ.

ބަނޑޮހުން ފަތުރުވެރިޔަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، މިދިޔަ ހަފުތާގައި ވަނީ މާފުށި ގެސްޓް ހައުސެއްގައި ހުރި ފަތުރުވެރިޔަކުވެސް ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މީގެ އިތުރުން ކަނޑިންމަ ރިސޯޓުގައި މަސައްކަތް ކުރާ މީހަކު ކޮވިޑް ޖެހިގެން މިދިޔަ ހުކުރު ދުވަހުގެ ރޭ މަރުވުމާއެކު އެ ރިސޯޓުން ނެގި 20 ސާމްޕަލްގެ ތެރެއިން 17 ސާމްޕަލެއް ވަނީ ޕޮޒިޓިވްވެފައެވެ.