ޚަބަރު

ކެލާ ހޯމް ކަރަންޓީނުގައި ހުރި މީހަކު ޕޮޒިޓިވްވެއްޖެ

ހއ. ކެލާގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ކެލާ ކައުންސިލްގެ މެންބަރެއް ކަމަށްވާ އާއިޝަތު މިޒްނާ "ވަން" އަށް ވިދާޅުވީ ކެލާ ހޯމް ކަރަންޓީނުގައި ހުރި ތިން މީހެއްގެ ސާމްޕަލް މިއަދު ނަގާފައިވާ ކަމަށާއި އޭގެ ތެރެއިން އެކަކު މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭނާ ޕޮޒިޓިވްވެފައިވަނީ ކަރަންޓީނުގެ 14 ދުވަސް ހަމަކުރުމަށްފަހު ނެގި ރިލީސް ސާމްޕަލްގެ ނަތީޖާއިން ކަމަށް މިޒްނާ ވިދާޅުވިއެވެ.

މީގެ ކުރިންވެސް ކެލާއިން ވަނީ ޕޮޒިޓިވް ކޭސްތަކެއް ފެނިފައެވެ. އެގޮތުން އެންމެ ފަހުން އެ ރަށުން މީހަކު ޕޮޒިޓިވްވެފައިވަނީ މި މަހުގެ ދެވަނަ ދުވަހުއެވެ.

މީގެ އިތުރުން ކެލާއަށް ނިސްބަތްވާ އުމުރުން 58 އަހަރުގެ މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފައެވެ. ރާއްޖެއިން މިހާތަނަށް މި ބަލީގައި 37 މީހަކު ވަނީ މަރުވެފައެވެ.