ރޮށިއަޅާ ދެ ތައްޓަށް ލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި ހުސެއިން މުހައްމަދު ބައިވެރި ނުވާކަމަށް ހައިކޯޓުން ކޮށްފައިވާ ހުކުމަށް ތާއީދުކޮށް ސުޕްރީމްކޯޓުން ވެސް ހުކުމް ކޮށްފިއެވެ.
މިމައްސަލައަކީ 2009 ވަނަ އަހަރުގެ މައްސަލައެކެވެ. ނަމަވެސް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި މި މައްސަލައިގައި ހުކުމް އިއްވާފައިވަނީ، މިދިޔަ ބުރާސްފަތި ދުވަހުއެވެ.
މި މައްސަލައަކީ 2009 އޭޕްރީލް މަހުގެ ނުވަ ވަނަ ދުވަހު ރާއްޖެ އައި މޯލްޑިވިއަން ފުލައިޓުން ރާއްޖެ އައި އަބްދުއްރަހީމް އަލީ ގްރީންހައުސް، ގދ.ފިޔޯރީ، ގެނައި ތަކެތި ކަސްޓަމްސްގެ އެކްސްރޭ މެޝިނުން ޗެކު ކުރިއިރު އެތަކެތީގެ ތެރޭގައި ހިމެނުނު ފޮށިގަނޑެއްގެ ތެރޭގައި އޮތް ރޮށިއަޅާ ދެ ތަށީގައި މަސްތުވާތަކެތި ގެނެސްފައިވާ މައްސަލައެކެވެ.
މި މައްސަލައިގައި އެތަކެއްޗާ ހަވާލުވާން ދާ ފަރާތެއް ހޯދުމަށް ފުލުހުން ހިންގި އޮޕަރޭޝަންގައި ހުސެއިން މުހައްމަދު މަނިކު ހ.ރެހި މާލެ (ހުޅުމާލެ ގޯތިނަމްބަރު 10424 މާލެ) އެތަކެތި ރާއްޖެ އެތެރެކުރި އަބުދުއްރަހީމް އަލީ ދިރިއުޅޭ މ.އަލްޓްރާ ވައިލެޓް ގެއަށްގޮސް އެތަކެއްޗާ ހަވާލުވެފައިވާކަމަށް ބުނެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި މަނާކޮށްފައިވާ މަސްތުވާއެއްޗެއް ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދައުވާ އާއި، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާ އެއްޗެއް އެތެރެކުރުމުގައި ބައިވެރި ވުމުގެ ކުށުގެ ދައުވާ އާއި އެފަދަ އެއްޗެއް ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދައުވާ ހުސެއިން މުހައްމަދު މަނިކުގެ މައްޗަށް ދައުލަތުން ކުރި އެވެ.
މި މައްސަލައިގައި ޖިނާއީ ކޯޓުން ނިންމާފައި ވަނީ، ހުސެއިިން މުހައްމަދު މަނިކުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތު ނުވާ ކަމަށެވެ.
އެކަމާ ގުޅިގެން ޖިނާއީ ކޯޓުގެ އެ ނިންމުމަކީ، ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފު ނިންމުމެއްކަމަށް ބުނެ ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރި އެވެ.
ހައިކޯޓުން އެމައްސަލަ ބަލައި ނިންމާފައި ވަނީ ޖިނާއީ ކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަން ޖެހޭނެ ތަނެއް ނެތް ކަމަށެވެ.
ނަމަވެސް ހައިކޯޓުގެ އެ ނިންމުމަކީ ޝަރުއީ އަދި ގާނޫނީ ގޮތުން ރަނގަޅު ނޫން ނިންމުމެއް ކަމަށްބުނެ ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި ވެސް އިސްތިއުނާފު ކުރީއެވެ.
ސުޕްރީމް ކޯޓް