ކޮވިޑް19 ގެ އިތުރު ރާޅެއް ނައިސް، މިހާރު މިދާގޮތަށް ކަންތައްތައް ކުރިއަށް ދާނަމަ، ރާއްޖެއަށް ކޮވިޑް ފެތުރެން ފެށުމުން ގެނައި ލޮކްޑައުންގެ ހާލަަތު އުވާލިއިރު، ރާއްޖޭން ފެންނަމުންދިޔަ ކޮވިޑް ކޭސްތަކާ އެއް ހަމައަށް ކޮވިޑް ކޭސްތައް މަދު ކުރުމަށް ދޮޅު މަސްދުވަސް ނަގާނެ ކަމަށް ހެލްތު މިނިސްޓްރީ ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ، މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކުގެ ތެރެއިން، ކޮވިޑް 19 ގެ ހާލަތާ ބެހޭގޮތުން ބައެއް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމު ވިދާޅުވީ، ކޮވިޑާ ގުޅިގެން މާލެ ސަރަހައްދަށް ގެނައި ލޮކްޑައުންގެ ހާލަތު ޖޫން މަހު އުވާލިއިރު ފެންނަމުން ދިޔަ ކޭސްތަކުގެ އަދަދުތައް ހުރީ 40 ގައި ކަމަށެވެ.
މިނިސްޓަރު އަސްލަމު ވިދާޅުވީ ކޮވިޑްގެ މިހާރުގެ ހާލަތަކީ ކޮވިޑް 19 ގެ ދެވަނަ ރާޅެއް ރާއްޖެއަށް އައުމަށްފަހު ދިވެހިން ރައްޔިތުން މިހާރު މި ތިބީ ޑިކްލައިންއެއްގައި (އަދަދުތައް ދަށަށް ދިއުމުގެ މަގުމަތީގައި) ކަމަށެވެ.
"އަޅުގަނޑުމެންގެ ރިޕްރޮޑަކްޝަން ނަންބަރު ހުރީ ޖަސްޓް ބިލޯ އެކެއްގައި، އަޅުގަނޑުމެންގެ ކޭސެސް ޕަރ 100،000 ހުރީ 140، އެއީ 14 ދުވަހުގެ ޕީރިއަޑަކަށް ބަލާ ކަމަށް ވާނަމަ،" މިނިސްޓަރު އަސްލަމު ވިދާޅުވިއެވެ.
މުޙައްމަދު އަސްލަމް
މުޙައްމަދު އަސްލަމް
މުޙައްމަދު އަސްލަމް