ކުޅުދުއްފުށި ސިޓީން އިތުރު ދެމީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ ކޮވިޑް 19 ގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، އެ ދެމީހުންނަކީ ހޯމް ކަރަންޓީންގައި ތިބި ބައެކެވެ.
އެ ދެމީހުންނާ އެކު ކުޅުދުއްދުށީ ސިޓީން ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ ހަތަކަށް އަރައިފައެވެ. ކުޅުދުއްފުށި ސިޓީން ކޮވިޑަށް ޕޮޒިޓިވް ވި މީހަކު ފުރަތަމަ ފެނުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.
އެއީ މާލެއިން ފުރައިގެން އެރަށަށް ދިޔަ ފާޅު ބޯޓުގެ ކެޕްޓަނެވެ. އޭނާއާ ކޮންޓެކްޓް ވި ތިން މީހަކު ޕޮޒިޓިވް ވި އިރު އެރަށު ހޯމް ކަރަންޓީންގައި ހުރި މީހަކު ވެސް މިދިޔަ މަހުގެ 27 ގައި ވަނީ ޕޮޒިޓިވް ވެފައެވެ.
އެކަމާ ގުޅިގެން ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތަށް ގެނައި ނަމަވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމިފައިވާތީ އެ ރަށް ވަނީ މޮނިޓަރިންގެ ހާލަތުން ނަގައިފައެވެ.
ހިސާބުތަކުން ދައްކާގޮތުގައި، މި ހަފްތާ ބަންދުގައި އަތޮޅު ތެރެއިން އެންމެ ގިނަ ކޭސްތައް ފެނިފައިވަނީ ލ. ކައްދޫންނެވެ. ލ. ކައްދޫއަށް ޓްރެއިނިން އަށް މާލެއިން ދިޔަ ސިފައިންގެ 26 މީހަކު ޕޮޒިޓިވް ވެފައި ވެއެވެ. އެ އެންމެންވެސް ޕޮޒިޓިވް ވީ ހޯމް ކަރަންޓީންގައި ތިއްބައެވެ.
ކޮވިޑް 19
ކޮވިޑް 19
ކޮވިޑް 19