ބައެއް ތަންތަނުން އަމިއްލައަށް އިންސްޕެކްޝަން ސްޓިކާ ހަރުކޮށްފައިވާކަން ފާހަގަކުރެވޭ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ އާންމު ހިދުމަތްދޭ ތަންތަނުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުކޮށްފައިވާ ގައިޑްލައިންތަކަށް އަމަލުކުރޭތޯ ބެލުމަށް ކުރިއަށްގެންދާ އިންސްޕެކްޝަންތަކުގެ ހަތަރުވަނަ ބުރެއް މިހާރު ފަށާފައިވާ ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ އެ އިންސްޕެކްޝަންގައި ކަންބޮޑުވާ ކަންކަން ފާހަގަކުރެވޭ ކަމަށާއި އެގޮތުން އެޗްޕީއޭއިން ދޭ ސްޓިކާ ބައެއް ތަންތަނުން އަމިއްލައަށް ތައްޔާރުކޮށްގެން ހަރުކޮށްފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.
"އަޅުގަނޑުމެން އެޗްޕީއޭ އާއި ފުލުހުންނާއި އަދި ކަމާބެހޭ އެހެން އިދާރާތަކާ ގުޅިގެން އާންމު ހިދުމަތްދޭ ތަންތަނުގެ ހަތަރުވަނަ އިންސްޕެކްޝަން ރައުންޑެއް މިހާރު އެބަ ކުރިއަށްދޭ. މިއަދު އަދި މި ކުރިއަށްގެންދާ އިންސްޕެކްޝަންގައި ފާހަގަކޮށްލެވުނު ކަމެއްގެ ވާހަކަ ދަންނަވާލަން ބޭނުން. އިންސްޕެކްޝަނަށް ދާއިރުގައި ބައެއް ފަރާތްތަކުން އެބަހުރި އަޅުގަނޑުމެން އިންސްޕެކްޓްކޮށްފައި އެތަންތަން އަޅުގަނޑުމެންގެ ގައިޑްލައިނާ އެއްގޮތަށް ހުރިކަމަށް ފާހަގަކުރެވޭ ތަންތަނަށް ދޭ ސްޓިކާ، މި ސްޓިކާ އަމިއްލައަށް އެބޭފުޅުން ތައްޔާރުކޮށްގެން ހަރުކޮށްފައި އެބަހުރި." ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ އެފަދަ ދެ ތަން މިއަދު ފާހަގަކުރެވުނު ކަމަށާއި އެތަންތަނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.
މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ އިންސްޕެކްޝަނަށް ދާއިރު، ބައެއް ތަންތަނުން ވަރަށް ރަނގަޅަށް އަމަލު ކުރާ ކަމަށާއި ނަމަވެސް އިންސްޕެކްޝަނަށް ފަހު ސްޓިކާ ލިބުމުން އަނެއްކާވެސް ގައިޑްލައިންތަކާ ހިލާފުވާ ތަންތަން ފާހަގަކުރެވޭ ކަމަށެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު