ކައުންސިލްގެ އިދާރާތަކުގެ އިދާރީ އޮނިގަނޑުގައި ހުރި ހުސް މަގާމުތަކަށް މުވައްޒަފުން ނެގުމާއި އިދާރާތަކަށް އާ މަގާމު އުފައްދައިދިނުން ވަގުތީ ގޮތުން މަޑުޖައްސާލުމަށް އަންގާފައިވާ އެންގުން ނިމުމަކަށް ގެނެސް މަގާމުތަކަށް މުވައްޒަފުން ނެގުމުގެ ހުއްދަ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ދީފި އެވެ.
ކައުންސިލްތަކުގެ އޮނިގަނޑުގައި ހުރި ހުސް މަގާމުތަކަށް މުވައްޒަފުން ނެގުމާއި އާ މަގާމުތައް އުފެއްދުން މެދުކަނޑާލުމަށް ސީއެސްސީން އެންގީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
ކައުންސިލްގެ އިދާރާތަކުގެ އެކްޓިން ސެކްރެޓަރީ ޖެނެރަލުންނާއި ޒިންމާދާރުވެރިންނަށް ސީއެސްސީގެ ޑިރެކްޓަރު ޖެނެރަލް އަބްދުﷲ ސައީދު ސޮއިކުރައްވައި މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، މުވައްޒަފުން ނެގުމާއި އާ މަގާމު އުފެއްދުން މެދުކަނޑާލަން އެންގި އެންގުން ނިމުމަކަށް ގެންނަން ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން، ލޯކަލް ގަވަމަންޓް އޮތޯރިޓީން ހޯދަން ޖެހޭ ހުއްދަ އާއި ފިނޭންސް މިނިސްޓްރީން ހޯދަން ޖެހޭ ހުއްދަ ހޯދުމަށް ފަހު ކައުންސިލް އިދާރާތަކުގެ މަގާމުތަކަށް މުވައްޒަފުން ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދެވޭނެ ކަމަށް ސިވިލް ސާވިސް ކޮމިޝަންގެ ސިޓީގައި ބުނެފައިވެ އެވެ.
ސިވިލް ސާވިސް ކޮމިޝަން
ސިވިލް ސާވިސް ކޮމިޝަން