ކ. ދޫނިދޫ ބަނދަރު ތަރައްގީ ކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.
އެ މަސައްކަތް ކުރިއަށް ގެންދާ އެމްޓީސީސީ އިން ބުނީ ދޫނިދޫ ބަނދަރު ތަރައްގީކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓު އިއްޔެ މޮބިލައިޒް ކޮށްފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 4.61 އޭކަރުގެ ބަނދަރު ފުންކުރުމާއި 3.75 އޭކަރުގެ ސަރަހައްދެއްގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި 370 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި 620 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 250 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި 250 މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެ އެވެ.
މިދިޔަ އަހަރު ސެޕްޓެމްބަރު މަހު މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 51.4 މިލިއަން ރުފިޔާ އަށެވެ.
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ