ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭގެ އެންގުމާ ހިލާފަށް އެއްވާ މީހުންނާ މެދު ގާނޫނީ ފިޔަަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފި އެވެ.
ފުލުހުން މިހެން ބުނެފައިވަނީ މިއަދު އެ އިދާރާއިން ކުރި ޓުވީޓެއްގައެވެ.
ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ އިރު، އާންމު ތަންތަނުގައި އެއްފަހަރާ ގިނަ މީހުން އެއް ނުވުމަށް އެޗްޕީއޭއިން އަންގާފައިވާ އެންގުމާއި ހިލާފަށް ބައެއް މީހުން އެއްވުން ބޭއްވުމަށް ރާވަމުން އަންނަކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މިހާލަތުގައި ރައްޔިތުންގެ ރައްކާތެރިކަން ކުރިއަށް ނެރުމާއެކު، އެޗްޕީއޭގެ އެންގުންތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ފުލުހުން އިލްތިމާސްކޮށްފައި ވެއެވެ.
"އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މި ހާލަތުގައި، އެޗްޕީއޭގެ އެންގުންތަކާއި ހިލާފަށް އެއް ނުވުމަށާއި، އެންމެހާ ލޮބުވެތި ރައްޔިތުންގެ ރައްކާތެރިކަން ކުރިއަށް ނެރެ، ހުރިހާ ބޭފުޅުންވެސް އެޗްޕީއޭއިން ނެރެފައިވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން އިލްތިމާސް ކުރަމެވެ."
އެޗްޕީއޭގެ އެންގުމާ ހިލާފަށް އެއްވާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފައިވާއިރު، މީގެ ކުރިން ފުލުހުން ވަނީ އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް އެއްވުންތައް ނުބޭއްވުމަށް އެކި ފަހަރު މަތިން އިލްތިމާސްކޮށްފައެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް