ހއ. ކެލާ ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ، އެރަށުން ޕޮޒިޓިވް ވެފައިވަނީ އުމުރުން 57 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ބައްޔަށް ޕޮޒިޓިވްކަން އެނގުނީ ހޯމް ކަރަންޓީނުން ދޫކޮށްލުމަށް ނެގި ސާމްޕަލުން ކަމަށް އެ ސެންޓަރުން ބުންޏެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ހއ. އަތޮޅުން ކޮވިޑް ޖެހިފައިވާ މީހުން މިވަގުތު ތިބީ ކެލާގެ އިތުރުން ދިއްދޫގަ އެވެ. ދިއްދޫގައި ކޮވިޑް ޖެހިފައިވާ ހަތަރު މީހަކު އެބަ ތިއްބެވެ.
މުޅި ރާއްޖެއަށް ބަލާއިރު މިވަގުތު 26 ރަށެއްގައި ކޮވިޑް ޖެހިފައިވާ 90 މީހަކު އެބަ ތިއްބެވެ. އެއީ 82 ދިވެހިންނާއި އަށް ބިދޭސީ އެކެވެ. އޭގެ އިތުރުން އަތޮޅު ތެރޭގައި ގާއިމްކޮށްފައިވާ ކޮވިޑް ފެސިލިޓީތަކުގައި އަށް މީހަކު އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު