މުޅި ރާއްޖޭއަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ފުރަތަމަ ވާޗުއަލް ރަން، "އުރީދޫ އަތޮޅު ދުވުން" ރާއްޖޭން ބޭރުންނާއި 20 އަތޮޅަކުން 5800 ދުވުންތެރިންނާއެކު ބާއްވައިފިއެވެ.
މިދިޔަ މަހުގެ 28 އިން 31 ގެ ނިޔަލަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި ދުވުމުގައި ރާއްޖޭގެ ހުރިހާ އަތޮޅަކުންނާއި ރާއްޖޭން ބޭރުން ދުވުންތެރިން ބައިވެރިވެފައިވާ ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫގެ އެކްޓިންގް ޗީފް ކޮމާޝަލް އޮފިސަރު ހުސެން ނިޔާޒް ވިދާޅުވީ މި އަތޮޅު ދުވުމަކީ މުޅި ރާއްޖޭގެ ހުރިހާ ހިސާބަކުންވެސް ބައިވެރިވެވޭ ގޮތަށް ކުރިޔަށް ގެންދިޔަ ފުރަތަމަ ރަން ކަމަށާއި މި ރަންއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުންނާއި ރާއްޖެއިން ބޭރުންވެސް ވަރަށް ހޫނު ތަރުހީބެއް ލިބުނު ކަމަށެވެ.
"މި ފަދަ ދަނޑިވަޅެއްގައި، އެއްތަނެއްގައި ނުތިބިކަމުގައިވިޔަސް އެއް އިވެންޓެއްގައި އެކި ހިސާބުތަކުން މީހުން ބައިވެރިވެ، އެ އެއްބައިވަންތަކަން ފެނިގެންދިޔުން އެއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. ހަމަ އެއާއިއެކު މި ރަން ގައި ބައިވެރިވުމަށްޓަކައި އެތައް ބަޔަކު ތައްޔާރުވެ، އަމިއްލަ ލަނޑުދަނޑިތައް ހާސިލް ކުރާތަންފެނިގެން ދިޔަ. މިއީވެސް އަޅުގަނޑުމެންނަށް ވަރަށް އުފާވެރި މަންޒަރަކަށްވެގެންދިޔަ،" ހުސެން ނިޔާޒް ވިދާޅުވިއެވެ.
އުރީދޫ އަތޮޅުދުވުން ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ކުޅިވަރު ނުވަތަ ކަސްރަތު މެދުވެރިކޮށް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫހު އާލާކޮށްދީ، އެންމެން އެއްތަންވެގެން އުޅެވެން ނެތް ދުވަސްވަރެއްގައި، އެކަނި އަދި އާއިލާ އާއި ރައްޓެހިންނާއެކުގައިވެސް ބައިވެރިވެ މަޖާ ވަގުތުކޮޅެއް ހޯދައިދިނުން ކަމަށް އުރީދޫން ބުންޏެވެ.
އަތޮޅުދުވުން ރަންގެ ޑައިރެކްޓަރު ހުސެން ޝުޖާއު ވިދާޅުވީ މި ދުވުމުގައި ބައިވެރިވި ބައެއް ދުވުންތެރިން އަލަށް ފަސް ކިލޯމީޓަރު ފުރިހަމަކޮށްފައި އެބަހުރި ކަމަށާއި މި ފަދަ މަންޒަރުތަކަކީ ދުވުން ކުރިއަރުވަން ލިބޭ ހިތްވަރެއް ކަމަށެވެ. އެހެން ދުވުންތެރިންނާއި ދުވަން ބޭނުންވާ ފަރާތްތަކަށްވެސް ލިބޭނެ ހިތްވަރެއް ކަމަށް ވިދާޅުވިއެވެ.
"މި ރަންއަކީ ރާއްޖޭގައި ބޭއްވުނު ފުރަތަމަ ވަރޗުއަލް ރަންއަށް ވެފައި، ރާއްޖޭގެ އެކި ހިސާބުތަކުންވެސް ދުވުމުގައި ބައިވެރިވެ ފުރިހަމަކުރި ފުރަތަމަ ރަންއަށް ވުމުން، އަތޮޅު ދުވުމުގެ ރަން ޑައިރެކްޓަރުކަން ކުރަން ލިބުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް. ރަންއަށް ލިބުނު ބޮޑު ކާމިޔާބީ އާއި ތަރުހީބުން، ދުވުމަށް އަދި ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމަށް އުފެދިފައިވާ ޝައުގުވެރިކަން ފެނިގެންދިޔަ. މިއީ އަޅުގަނޑަށް ވަރަށް އުފާވެރި މަންޒަރެއް،" ހުސެން ޝުޖާއު ވިދާޅުވިއެވެ.
މިދިޔަ މަހުގެ 28 ގައި އުރީދޫ އަތޮޅު ދުވުން ފެށުމާއެކު ދުވުމުގެ ތެރެއިން ނަގާފައިވާ މަންޒަރުތަކާއި ފަސް ކިލޯމީޓަރު ހަމަކުރިކަމުގެ "ރަން ރޫޓް" ސްކްރީންޝޮޓްތަކާއި ވާޗުއަލް މެޑަލް ސޯޝަލް މީޑިއާގައި ދުވުމުގެ ބައިވެރިން ޝެއާ ކުރަމުން ގެންދިޔައެވެ.
އުރީދުން ބުނީ ދުވުން ފުރިހަމަ ކުރުމަށް އިތުރު ހިތްވަރެއްގެ ގޮތުން އަތޮޅު ދުވުމުގެ ޕާޓްނަރުންގެ ތެރެއިން ހެބިޓަސް ފްރެޝްއާ ދަ މެރަތަން ޝޮޕް އަދި މެޑްމެކްސް ބިސްޓްރޯއާ ގުޅިގެން ނަސީބުވެރި ފަރާތްތަކަށް ހާއްސަ އިނާމްތަކެއްވެސް އިއުލާންކޮށްފައިވާ ކަމަށެވެ.
- ދުވުމަށް ރެޖިސްޓާވުމުން ލިބޭ ވަާޗުއަލް ބިބް ސޯޝަލް މީޑިއާގައި ޝެއާ ކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި އެއްފަރާތަކަށް އޮޕޯ އޭ1ކޭ ފޯނެއް
- ދުވުމުގެ ތެރެއިން ނަންގަވާފައިވާ ފޮޓޯ، ސޯޝަލް މީޑިއާގައި ޝެއާ ކުރި ދުވުންތެރިންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް އެންމެ ފަހުގެ އައިފޯން އެސްއީ އެއް
- ދުވުން ނިންމުމަށްފަހު ވާޗުއަލް މެޑަލް ސޯޝަލް މީޑިއާގައި ޝެއާ ކުރި ދުވުންތެރިންގެ ތެރެއިން ނަސީބުވެރި ފަސް ފަރާތަކަށް ދަ މެރަތަން ޝޮޕްގެ ފަރާތުން 1000 ރުފިޔާގެ ވައުޗާ އަދި ނަސީބުވެރި ތިން ފަރާތަކަށް މެޑްމެކްސްގެ ފަރާތުން ދެ ބޭފުޅުންނަށް ރޭގަނޑުގެ ކެއުމެއް
- ދުވުން ނިންމުމަށްފަހު މެޑަލް ޕޯޓަލް އަށް ދުވިގޮތުގެ ސްކްރީންޝޮޓް އަޕްލޯޑް ކުރި ދުވުންތެރިންގެ ތެރެއިން ނަސީބުވެރި 100 ފަރާތަކަށް 100 ރުފިޔާގެ ވައުޗާއެއް
މި އިނާމުތަކުގެ ނަސީބުވެރިންގެ މައުލޫމާތު އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕޭޖްތަކުގައި އިއުލާނު ކުރެވިގެންދާނެ ކަމަށް އެކުންފުނިން ބުންޏެވެ.
ފަސް ކިލޯމީޓަރުގެ ދުވުމުގެ އިތުރުން، 20 އަތޮޅުން 20 ދުވުންތެރިންނާއިއެކު 15 ކިލޯމީޓަރުގެ ވާޗުއަލް ރިލޭއެއްވެސް އުރީދޫ އަތޮޅުދުވުމުގައި ފުރިހަމަކޮށްފައިވާ ކަމަށެވެ.
އުރީދޫން ބުނީ ވާޗުއަލް ރިލޭ ރޭސް ބާއްވާފައިވަނީ އުރީދޫން ދިވެހިންނާއެކު ފުރިހަމަކުރި ކާމިޔާބު 15 އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ މުޖުތަމައުތައް ގުޅުވާލަދިނުމަށް ކުރެވިފައިވާ މަސައްކަތުގެ ރަމްޒެއްގެ ގޮތުން ކަމަށެވެ. މި 15 ކިލޯމީޓަރުގެ ރިލޭއަކީ ރާއްޖޭގައި ބޭއްވުނު އެންމެ ފުރަތަމަ ވާޗުއަލް ރިލޭރޭސް ކަމަށްވެސް އުރީދޫން ބުންޏެވެ.
އުރީދޫ
އުރީދޫ
އުރީދޫ
އުރީދޫ