އުރީދޫ މޯލްޑިވްސްއިން ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން، އެއް ލައްކަ ރުފިޔާގެ ބޮޑު އިނާމެއް ލިބޭ "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން ފަށައިފިއެވެ.
މިމަހުގެ 4 އިން ފެށިގެން ޑިސެމްބަރު 31 ގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި، ގުރުއަތުން ހޮވޭ ނަސީބުވެރި ކަސްޓަމަރަކަށް ކޮންމެ ހަފުތާއަކު 12،000 ރުފިޔާ ލިބޭނެއެވެ. އަދި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ފަރާތަކަށް ގްރޭންޑް ޕްރައިޒްގެ ގޮތުގައި އެއް ލައްކަ ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ އުރީދޫ އެޕް މެދުވެރިކޮށް 300 ރުފިޔާ ނުވަތަ އެއަށްވުރެ މަތީ އަދަދަކުން ރީޗާޖްކުރާ، ނުވަތަ އެ އަދަދުގެ ޕެކެއް އެކްޓިވޭޓްކުރާ ޕްރީޕެއިޑް ކަސްޓަމަރުންނަށެވެ.
ޝަރުތު ހަމަވާ ކޮންމެ ޓްރާންސެކްޝަނަކާއެކު، ހަފުތާގެ ގުރުއަތުލުމާއި ގްރޭންޑް ޕްރައިޒްގެ ގުރުއަތުލުމުގައި ބައިވެރިވުމުގެ ފުރުސަތު ކަސްޓަމަރަށް ލިބޭނެއެވެ. އަދި ޕްރޮމޯޝަންގެ މުއްދަތުގައި ގިނައިން ރީޗާޖްކުރާ ވަރަކަށް ގުރުއަތުން މޮޅުވުމުގެ ފުރުސަތު ބޮޑުވާނެއެވެ. މިސާލަކަށް، ހަފުތާއެއްގެ ތެރޭގައި 300 ރުފިޔާގެ ދެ ރީޗާޖް ކޮށްފިނަމަ، އެ ހަފުތާގެ ގުރުއަތުލުމުގައި ދެ ފުރުސަތު ލިބޭނެއެވެ. މީގެ އިތުރުން އެ ދެ ފުރުސަތު ގްރޭންޑް ޕްރައިޒްގެ ގުރުއަތުލުމުގައިވެސް ގުނާނެއެވެ.
އުރީދޫން ބުނި ގޮތުގައި، މި ޕްރޮމޯޝަންގެ މަގުސަދަކީ އެ ކުންފުނީގެ ޑިޖިޓަލް މޯލްޑިވްސް ތަސައްވުރުގެ ދަށުން، ޑިޖިޓަލްކޮށް ހިދުމަތްތައް ހޯދުމަށް ކަސްޓަމަރުންނަށް ހިތްވަރުދިނުމެވެ. އުރީދޫ އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ރީޗާޖްކުރުމާއި، ޕެކްތައް އެކްޓިވޭޓްކުރުމުގެ އިތުރުން އެކައުންޓް މެނޭޖްކުރުމުގެ ހިދުމަތް ލިބޭނެއެވެ.
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
ކޮމެންޓް