ގދ. ހޯނޑެއްދޫން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނޭ އުމުރުން ދުވަސްވީ ދެ މީހަކު ގއ. ވިލިނގިލީގައި ގާއިމުކޮށްފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީއަށް ބަދަލުކޮށް އެޑްމިޓް ކޮށްފިއެވެ.
ހޯނޑެއްދޫން ވަނީ 35 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ ހޯނޑެއްދޫން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނޭ އުމުރުން ދުވަސްވީ ދެ މީހަކު ވިލިނގިލީ ފެސިލިޓީއަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ބަދަލުކޮށްފައިވަނީ އުމުރުން އުމުރުން 80 އަހަރުގެ ފިރިހެނަކާއި 64 އަހަރުގެ އަންހެނެއް ކަމަށް އެ ސެންޓަރުން މައުލޫމާތުދެއެވެ. އެމީހުން ވިލިނގިލީ ފެސިލިޓީއަށް ބަދަލުކޮށްފައިވަނީ މިރޭ 8:00 ހާއިރެވެ.
ހޯނޑެއްދޫން 35 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ އިރު، އެރަށުގެ އިތުރުން އެރަށާ ކޯސްވޭއަކުން ގުޅިފައި އޮންނަ މަޑަވެލި މިހާރު ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފައެވެ. އެގޮތުން އެ ދެރަށުގެ ސްކޫލުތަކާއި ކެފޭ ރެސްޓޯރެންޓްތައް ބަންދުކުރުމުގެ އިތުރުން މާސްކް އެޅުން ވަނީ މަޖުބޫރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު