އާއިލާގެ މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ ހާލަތެއްގައި ދެން ކަން ކުރާނެ ގޮތެއް ކުރިއާލައި ވިސްނައި، އެކަން ރާވަން ޖެހޭ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޑަރު، ޑރ. އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ޑރ. ފައިސަލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވް ވާ ބެލެނިވެރިންނާއި ކުދިންނާ ވާހަކަ ދައްކައިލުމުން އެއިން މީހަކު ޕޮޒިޓިވް ވެދާނެ ކަމަށް ނުވިސްނައި ހުންނަކަން ފާހަގަވެފައިވާ ކަމަށެވެ.
މީގެ އިތުރުން ފާހަގަ ވީ އާއިލާ ތެރޭ ކޮވިޑަށް މީހަކު ޕޮޒިޓިވްވެއްޖެ ނަމަ އާއިލާ ހާސްކަމެއްގެ ތެރެއަށް ވެއްޓޭކަން ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ. މިހެން ވަނީ އާއިލާ ތެރެއިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ހާލަތެއްގައި ކަންކުރާނެ ގޮތެއް ކުރިޔާލައި ރާވާފައި ނޯންނާތީ ކަމަށް ވެސް ޑރ. ފައިސަލް ވިދާޅުވިއެވެ.
މި ފަހަކަށް އައިސް ރާއްޖޭގައި ކޮންމެ ދުވަަހަކު 100 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެއެވެ. ޕޮޒިޓިވް ވާ މީހުންގެ ތެރޭގައި ދިވެހިން ގިނައިރު، ޒުވާން އުމުރުފުރައިގެ މީހުންވެސް ގިނައެވެ.
ޑރ. އަހުމަދު ފައިސަލް
ޑރ. އަހުމަދު ފައިސަލް