ދުނިޔެއިން މަދުން ނޫނީ ނުފެންނަ "ގޯޝޭ" ބަލި ޖެހިފައިވާ ފަސް މީހުން ރާއްޖޭގައި އެބަތިބި ކަމަށް ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑރ. ފައިސަލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގޯޝޭ ބައްޔަކީ ދުނިޔޭގައި ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއް ނަމަވެސް އެ ބަލި ރާއްޖެއިން ފެންނަނީ މަދުން ކަމަށް ބުނެވޭނެ ޖާގައެއް ނެތް ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރުވެސް އެ ބަލި ޖެހިފައިވާ ފަސް މީހުން ރާއްޖޭގައި އެބަތިބި ކަމަށާއި އެހެންވެ ބައްޔާ މެދު މިހާރަށް ވުރެ ފުޅާކޮށް ވިސްނަން ޖެހޭ ކަމަށެވެ.

ގޯޝޭ ބަލި ޖެހުމުން ހަށިގަނޑުގެ އެކި ގުނަވަންތަކުގައި "ފެޓީ" މާއްދާތައް އަށަގަނެއެވެ. ހާއްސަކޮށް ފުރަމެއާއި ސްޕްލީމްގައި އެ މާއްދާތައް އަށަގަތުމުން އެ ގުނަވަންތައް ދުޅަވެއެވެ.