ހއ. ދިއްދޫގައި ހޯމް ކަރަންޓީނުގައި ތިބި ތިން މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މިކަން ދިއްދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ހާޝިމް ވަނީ "ވަން" އަށް ކަށަވަރު ކޮށްދެއްވައިފައެވެ.
މިކަމާ ގުޅިގެން އިތުރު މައުލޫމާތު ދެއްވަމުން ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލު ހިންގުމާއި މިވަގުތު ހަވާލުވެ ހުންނެވި މުހައްމަދު ރަޝީދު "ވަން" އަށް ވިދާޅުވީ މި ތިން މީހުންނަކީ އެއް އާއިލާއެއްގެ ތިން މީހުން ކަމަށެވެ. އަދި ތިން މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެޗްޕީއޭއިން އަންގާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް ރަޝީދު ވިދާޅުވިއެވެ.
ރަޝީދު ވިދާޅުވީ އެރަށުން ޕޮޒިޓިވްވެފައިވަނީ ހަތަރު އަހަރުގެ ކުއްޖަކާއި، 30 އަހަރާއި 50 އަހަރާއި ދެމެދުގެ އަންހެނަކާއި ފިރިހެނެއް ކަމަށެވެ. އަދި މި ތިން މީހުންގެ ހާލުވެސް ރަނގަޅު ކަމަށާއި، އެއްވެސް މީހެއްގެ ފުށުން ބަލީގެ އަލާމާތެއް ނުފެންނަ ކަމަށް ވެސް ރަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން މި މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ރަށުންވެސް އެއްވެސް މީހަކާ ކޮންޓެކްޓް ވެފައިވޭތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ހިސާބުން ހޯމް ކަރަންޓީނުގައި ތިބި މީހުން ކޮވިޑަށް ޕޮޒިޓިވް ވަމުން އަންނަ އިރު، މިހާތަނަށް ޖުމުލަ 8486 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވެއެވެ. އަދި 5822 މީހަކު މި ބަލިން ރަނގަޅުވެފައި ވެއެވެ.
ކޮވިޑް 19
ކޮވިޑް 19
ކޮވިޑް 19