ރާއްޖެ ހިމެނޭގޮތުން ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް ހަތް ގައުމަކަށް ދަތުރުތައް ފަށައިފިއެވެ.
"ވަން އޮންލައިން" މައުލޫމާތު ދެއްވަމުން ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ ކަންޓްރީ މެނޭޖަރު ފައުޒާން ފަރީދް ވިދާޅުވީ މިހާރުވެސް ރާއްޖެ އަށް ސްރީލަންކަން އެއާލައިންސްގެ ޝެޑިއުލް ދަތުރުތައް ކުރަމުން އަންނަ ކަމަށާއި ރާއްޖެއިން ދުނިޔޭގެ ހަ މަންޒިލަކަށް ދަތުރުކުރެވޭނެކަމަށެވެ.
ފައުޒާން ވިދާޅުވީ ސްރީލަންކަންގެ ޝެޑިއުލް ދަތުރުތައް ހަފުތާއަކު ހަތަރު ދުވަހު ރާއްޖެއަށް ކުރާނެ ކަމަށެވެ. އާދީއްތަ، ބުދަ އަދި ބުރާސްފަތި ދުވަހު އެއް ފްލައިޓް ދަތުރު ކުރާއިރު ހުކުރު ދުވަހު ދެ ފްލައިޓް ރާއްޖެއަށް ދަތުރު ކުރާނެކަމަށްވެސް ފައުޒާން ވިދާޅުވިއެވެ.
ސްރީލަންކަން އެއާލައިންސް އިން ވަނީ މިލާން އާއި ލަންޑަން ގެ އިތުރުން ޓޯކިޔޯ އާއި ދިވެހިރާއްޖެ އަދި ފްރެންކްފާޓްގެ އިތުރުން ޕެރިސްއާއި ސިޑްނީ އަށް ދަތުރު ކުރާނެކަމަށް ބުނެފައެވެ.
ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ހާއްސަ ފިޔަވަޅުތަކަށް ލުއިދީ، ސްރީލަންކާގެ މައި އެއާޕޯޓު ބައިނަލްއަގުވާމީ ދަތުރުފަތުރަށް ހުޅުވާލުމުގެ މަސައްކަތް ކުރަމުންދާއިރު މިހާރު ދަތުރުކުރެވޭނީ އެގައުމުގައި ޓްރާންސިޓްވުމަށް ފަހު އެހެން ގައުމުތަކަށް ކުރާ ދަތުރުތައް އެކަނި ކަމަށްވެސް އެގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.
ސްރީލަންކަން އެއާލައިން
ސްރީލަންކަން އެއާލައިން
ސްރީލަންކަން އެއާލައިން
ސްރީލަންކަން އެއާލައިން