ސްރީލަންކާގެ ގައުމީ އެއާލައިން، ސްރީލަންކަން އެއާލައިންސްގެ ކުރީގެ ސީއީއޯ ކަޕިލާ ޗަންދްރަސޭނާ ހައްޔަރުކޮށްފިއެވެ.

ސްރީލަންކަން އެއާލައިންސްގެ ކުރީގެ ސީއީއޯ ކަޕިލާ ޗަންދްރަސޭނާ ހައްޔަރުކޮށް، އޭނާ މިމަހުގެ 19 ވަނަ ދުވަހާ ހަމައަށް ބަންދުގައި ބެހެއްޓުމަށް ކޮލަމްބޯގައި ހުންނަ ފޯޓް މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ރިޕޯޓުތައް ބުނާގޮތުގައި ލަންކާގެ ކޮމިޝަން ޓު އިންވެސްޓިގޭޓް އެލެގޭޝަންސް އޮފް ބްރައިބަރީ އޯ ކޮރަޕްޝަނުން ކުރިއަށްގެންދާ ހާއްސަ ތަހުގީގަކުން ޗަންދްރަސޭނާގެ މައްޗަށް ރިޝްވަތުގެ މައްސަލައެއް ވަނީ ސާބިތުވެފައެވެ.

ކޯޓު އަމުރެއްގެ ދަށުން އިއްޔެ ޗަންދްރަސޭނާ ހައްޔަރުކޮށްފައިވާ އިރު، އޭނާގެ މައްޗަށް އުފުލާފައިވަނީ ސްރީލަންކަން އެއާލައިންސް އިން އެއާ ބަސް އާއެކު ހަދާފައިވާ އެއެއާލައިނަށް ފްލައިޓު ގަތުމަށް ކުރިއަށްގެންދިޔަ ޑީލުން ރިޝްވަތު ނެގިކަމަށް ސާބިތުވެފައިވާ މައްސަލައިގައެވެ.

ރިޕޯޓުތައް ބުނާގޮތުން ޗަންދްރަސޭނާ ވަނީ އެއާބަސް އާއެކު ސްރީލަންކަން އެއާލައިނުން ހެދި ޑީލުގައި ދެ މިލިއަން އެމެރިކާ ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަގާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.