ސްރީލަންކަން އެއާލައިންސްގެ ކޮރަޕްޝަންގެ މައްސަލަތައް ބަލަން ކޮމެޓީއެއް އެކުލަވައިލައިފިއެވެ.
ސްރީލަންކާގެ ގައުމީ އެއާލައިން، ސްރީލަންކަން އެއާލައިންސްގެ ކޮރަޕްޝަންގެ މައްސަލަތައް ބަލަން ކޮމެޓީއެއް އެކުލަވާލާފައިވަނީ އެގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ އެވެ.
ސްރީލަންކަން އެއާލައިންސް. ލިމިޓެޑް އާއި އެއާޕޯޓު އެންޑް އޭވިއޭޝަން ސާވިސްގެ މައްޗަށް ތުހުމަތު ކުރެވޭ ފްރޯޑު މައްސަލަތަކާއި ކޮރަޕްޝަންގެ މައްސަލަތައް ބަލަން އެކުލަވައިލި ކޮމެޓީގެ ޗެއާކަން ކުރައްވާނީ ލަންކާގެ ރައީސްގެ އެޑިޝަނަލް ސެކްރެޓަރީ ކުމާރަސިންގަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރައީސް ޑިސަނަޔަކަ އުފެއްދެވި އެ ކޮމެޓީން، ދިގު މާޒީއެއް އޮންނަ އެ އެއާލައިންގެ ހިންގުމުގެ މައްސަލަތައް ނުބެލި ދިގުލައިގެން ގޮސްފައިވާ މައްސަލަތައްވެސް ބަލަން ހަމަޖެހިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ލަންކާގެ އޮފިޝަލުން ވަނީ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އެކުލަވައިލި ކޮމެޓީން ބަލާނީ 2010 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރާ ދެމެދު ސްރީލަންކަން އެއާލައިންގެ އިތުރުން އެއާޕޯޓް އެންޑް އޭވިއޭޝަން ސާވިސްގެ މައްސަލަތައް ކަމަށް ބުނެފައިވެއެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު