ސްރީލަންކަން އެއާލައިންސްގެ ކުރީގެ ސީއީއޯ ކަޕިލާ ޗަންދްރަސޭނާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ލަންކާގެ ރިޕޯޓުތައް ބުނާގޮތުން ކަޕިލާ ޗަންދްރަސޭނާ މަރުވެފައި އޮއްވާ ފެނިފައިވަނީ ކޮލަމްބޯގައި ހުންނަ އޭނާގެ ގޭގައެވެ.
ލަންކާގެ ކޮމިޝަން ޓު އިންވެސްޓިގޭޓް އެލެގޭޝަންސް އޮފް ބްރައިބަރީ އޯ ކޮރަޕްޝަނުން ކުރިއަށްގެންދާ ހާއްސަ ތަހުގީގަކުން ޗަންދްރަސޭނާގެ މައްޗަށް ރިޝްވަތުގެ މައްސަލައެއް ވަނީ ސާބިތުވެފައެވެ.
އެ މައްސަލައިގެ ތަހުގީގު ކުރިޔަށްދާއިރު ބަންދުގައި ހުރުމަށްފަހު ކަފާލާތުގެ ދަށުން އޭނާ ވަނީ ގެއަށް ބަދަލުކޮށްފައެވެ. މިއަދުގެ ވަގުތެއްގައި ކޯޓަށް ހާޒިރުވުމަށް އަންގާފައި ވާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ލަންކާ ސިފައިން ވަނީ ކަޕިލްގެ މަރު ތަހުގީގު ކުރަން ފަށައި އެ ގެ ހިމެނޭ ސަރަހައްދު ބަންދުކޮށްފައެވެ.
ކަޕިލްގެ މައްޗަށް އުފުލާފައިވަނީ ސްރީލަންކަން އަށް މަތިންދާބޯޓު ގަތުމަށް އެއާ ބަހާއެކު ހަދާފައިވާ ޑީލުން ރިޝްވަތު ނެގިކަމަށް ސާބިތުވެފައިވާ މައްސަލައިގައެވެ.
ރިޕޯޓުތައް ބުނާގޮތުން ކަޕިލް ވަނީ އެއާބަހާއެކު ސްރީލަންކަން އެއާލައިނުން ހެދި ޑީލުގައި ދެ މިލިއަން އެމެރިކާ ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަގައިފައެވެ.
މުހައްމަދު އައުޒަމް
ސްރީލަންކަން އެއާލައިން
ސްރީލަންކަން އެއާލައިން
ސްރީލަންކަން އެއާލައިން
ސްރީލަންކަން އެއާލައިން