18 އަހަރުން ދަށުގެ އަންހެން ދަރިފުޅާއި އިތުރު ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މައްސަލައާއި ގުޅިގެން ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށަކުން އިއްޔެ ހައްޔަރު ކޮށްފައިވަނީ 45 އަހަރުގެ ފިރިހެނެކެވެ. މި މީހާ ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި ފިރިހެން މީހާ ހައްޔަރު ކޮށްފައިވަނީ އޭނާގެ 18 އަހަރުން ދަށުގެ ދަރިފުޅުގެ އިތުރުން 18 އަހަރުން ދަށުގެ އިތުރު ދެކުދިންނަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނެ އަންގާރަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ތަހުގީގު ނިމެންދެން އެމީހާ ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކުޑަކުދީންނަށް ކުރާ އަނިޔާ
ކުޑަކުދީންނަށް ކުރާ އަނިޔާ
ކުޑަކުދީންނަށް ކުރާ އަނިޔާ
ކުޑަކުދީންނަށް ކުރާ އަނިޔާ