ވެންޓިލޭޓަރުތަކުގެ މައްސަލައިގައި، ހެލްތު މިނިސްޓަރު އަބުދުﷲ އަމީން ދޮގު ހައްދަވާފައިވާކަމަށް ބުނާ މައްސަލައެއްގައި، ރައްޔިތުންގެ މަޖިލިހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.
އެ މައްސަލަ ބެލުމަށް އެކޮމިޓީން ވަނީ މިއަދު ސަބް ކޮމިޓީއެއް ނަގައިފައެވެ.
ސަބް ކޮމިޓީގެ މުގައްރިރަކީ މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫނެވެ. ނައިބު މުގައްރިރަކީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބުދުﷲ ސަނީފެވެ.
މިނިސްޓަރު އަމީން މަޖިލީހަށް ދޮގު ހައްދަވާފައިވާކަމަށްބުނެ އެ މައްސަލަ ބެލުމަށް ކޮމިޓީއާ ހަވާލު ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުގައްރިރު ހާރޫން ވިދާޅުވީ މިނިސްޓަރު އަމީން ރައްޔިތުންގެ މަޖިލީހަށް ދޮގު މައުލޫމާތު ދެއްވައިގެން މަޖިލީހުގެ އިމްތިޔާޒު ގެއްލުވައިލުމުގެ އަމަލެއް ހިންގަވައިގެން އެ މައްސަލަ ބެލުމަށް ކޮމިޓީއަށް ފޮނުއްވާފައިވަނީ މަޖިލީހުގެ ރިޔާސަތުން މަޖިލިސް ރައީސް ކަމަށެވެ.
މިނިސްޓަރު ދޮގު ހައްދަވާފައިވަނީ ކޮވިޑް 19 އަށް މިނިސްޓްރީން ކުރި ހަރަދުތަކާބެހޭ ގޮތުން ނެރެފައިވާ އޮޑިޓު ރިޕޯޓުގެ މައްސަލައިގައި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ކުރެއްވި ސުވާލަކާ ގުޅިގެން ލިޔުމުން ފޮނުއްވި ޖަވާބުގައި ކަމަށްވެސް ހާރޫނު ވިދާޅުވިއެވެ.
މެންބަރުގެ ސުވާލާ ގުޅިގެން 28 އޭޕްރީލުގައި މިނިސްޓަރު މަޖިލީހަށް ފޮނުއްވި ސިޓީގައި ބުނެފައި ވަނީ 75 ވެންޓިލޭޓަރު ހޯދުމަށް ރާއްޖޭގައި ހުންނަ ޑަބްލިއުއެޗްއޯގެ ކަންޓްރީ ރެޕްރެޒެންޓޭޓިވް އާއި ޔޫއޭއީގެ ޑަބްލިއުއެޗްއޯގެ ކަންޓްރީ އޮފިސަރު މެދުވެރިކޮށް ވެންޓިލޭޓަރުތަކުގެ އަގު ބެލުމަށް ފަހު، ދުބާއީގެ އެގްޒެކިއުޓާސް ޖެނަރަލްގެ އަގު ބެލުމަށް ފަހު ސިންގަލް ސޯސް ޕްރޮކިއުމަންޓެއްގެ ތެރެއިން 20 އޭޕްރީލްގައި ހަވާލުކުރެވިފައިވާ ކަމަށެވެ.
މަޖިލިސް ރައީސް އެދިވަޑައިގެންފައިވަނީ، އެ ޖަވާބުގައި ޑަބްލިއުއެޗްއޯގެ ކަންޓްރީ ރެޕްރެޒެންޓެޓިވް އާއި ޔޫއޭއީގެ ޑަބްލިއުއެޗްއޯގެ ކަންޓްރީ އޮފިސަރާ މުއާމަލާތް ކޮށްފައިވާކަމަށް ވިދާޅުވެ މިނިސްޓަރު ދޮގުހައްދަވާފައިވާ މައްސަލަ ބެއްލެވުމަށެވެ.
އެ މައްސަލައިގައި މިނިސްޓަރު އަމީން ކޮމިޓީއަށް ހާޒިރުކޮށް ވީހާ އަވަހަކަށް އެ މައްސަލަ ބަލަން ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
އެކަމާ ބެހޭގޮތުން ކޮމިޓީގައި ވާހަކަ ދައްކަވަމުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާޒިރު އަބްދުއްލަތީފް ވިދާޅުވީ މަޖިލީހުގެ އިމްތިޔާޒުގެ މައްސަލައިގައި އޮންނަ އަދަބަކީ ތިންހާސް ރުފިޔާ އާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ނުވަތަ ތިންމަސް ދުވަހާއި ހަ މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކަމަށެވެ.
އެހެންކަމުން އެ މައްސަލަަކީ އެކަމުގެ އެންމެ ފުންމިނަށް ބަލަން ޖެހޭ މައްސަލައެެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި އެކަމުގައި މިނިސްޓަރުގެ ސްޓޭޓްމެންޓެއް ހުށަހެޅުމަށް ކޮމިޓީން އެންގި ނަމަވެސް ކަމާބެހޭ ހުރިހާ ޑޮކިއުމެންޓްތަކާއެކު މިނިސްޓަރު ކޮމިޓީއަށް ހާޒިރުކުރަން ޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން
ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން
ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން
ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން