ދިރިއުޅޭ ގެ ކަރަންޓީނުކޮށްފައި ހުއްޓަސް، ކޮވިޑުން ރަނގަޅުވެފައިވާ މީހެއް ނަމަ ބޭރަށް ނުކުމެވޭނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވް ކޭސްއެއް ފެނުމުން ދިރިއުޅޭ ގެ ކަރަންޓީނުކޮށްފައި ހުރި ނަމަވެސް، އެ ގޭގައި ކޮވިޑު ޖެހި ފަސޭހަވެފައިވާ މީހަކު ހުރި ނަމަ އެމީހަކަށް ބޭރަށް ނުކުމެވޭނެ ކަމަށެވެ.
"ކޮވިޑު ޖެހުމަށްފަހު ރަނގަޅުވެފައި ހުރި މީހަކުނަމަ ބޭރަށް ނުކުމެވޭނެ އެ ގެ މޮނީޓަރިންގައި އޮތަސް،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، ކަރަންޓީނުގައި ހުންނަ މީހަކު އެހެން މީހަކާއި ކޮންޓެކްޓްވުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
އެޗްޕީއޭއިން މިއަދު ވަނީ ކޮވިޑުން ފަސޭހަވެފައި ތިބޭ މީހުން އިސްތިސްނާވާނެ ކަންކަން ހިމަނައި ގައިޑްލައިނެއް އާއްމުކޮށްފައެވެ.
ކޮވިޑުން ފަސޭހަވެފައި ތިބޭ މީހުން އިސްތިސްނާވާނެ ކަންކަން ހިމަނައި އެޗްޕީއޭއިން އާންމުކުރި ގައިޑްލައިނުގައިވާ ގޮތުން ކޮވިޑުން ރަނގަޅުވެފައިވާ މީހަކު، ވަޒީފާއަށް ނުވަތަ މަސައްކަތަށް ނުކުތުމުގެ ބޭނުމުގައި ޓެސްޓު ކުރާކަށް ނުޖެހޭނެއެވެ. އަދި ކޮވިޑްގެ އަލާމާތެއް ނެތްނަމަ ޕޮޒިޓިވް މީހެއްގެ ކޮންޓެކްޓެއްގެ ގޮތުގައި ވިޔަސް ޓެސްޓު ކުރަން ނުޖެހޭނެ ކަމަށާއި ކޮވިޑް ކޮންޓްރޯލް ކުރުމަށް ކުރިއަށްގެންދާ ސާވައިލަންސްގެ ތެރެއިންވެސް އެފަދަ މީހުން ޓެސްޓު ކުރަން ނުޖެހޭނެ ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން އެ ގައިޑްލައިންގައި ބުނީ، އެފަދަ މީހުން ކަރަންޓީން ކުރުމުގައިވެސް ބައެއް ކަންކަމުން އިސްތިސްނާވާނެ ކަމުގައެވެ.
- ކޮވިޑް 19ގެ އަލާމާތެއް ނެތްނަމަ ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހެއްގެ ކޮންޓެކްޓެއް ކަމުގައި ވުމުން ކަރަންޓީން ކުރުން
- ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި ކުރާ ކަރަންޓީން ކުރުން
- ކޮވިޑް 19އާ ގުޅިގެން އެމީހަކު ދިރިއުޅޭ ގެއަށް ވަދެ ނުކުތުން މަނާކުރެވިފައިވާ ހާލަތުގައި ކަރަންޓީނުގައި ހުރުން
އެ ގައިޑްލައިންގައި ބުނީ، ކޮވިޑުން ރަނގަޅުވެފައި ތިބި މީހުން އެއްވެސް ކަމަކާ ގުޅިގެން ކޮވިޑަށް ޓެސްޓުކޮށް ޕޮޒިޓިވްވުމުންވެސް އެމީހަކު އައިސޮލޭޓް ނުކުރާނެ ކަމަށެވެ.
ގައިޑްލައިންގައިވާ ގޮތުން އިސްވެ ދެންނެވުނު އިސްތިސްނާތައް ހިނގާނީ ކޮވިޑަށް ޕޮޒިޓިވްވި ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށެވެ. އަދި ސައިންޓިފިކް ހޯދުންތަކުގެ އަލީގައި އެ އިސްތިސްނާތަކަށް ބަދަލު އައުން އެކަށީގެންވާ ކަމަށްވެސް ބުނެފައިވެއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު