ހިއުމަންރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ހަތަރު މެންބަރެއްގެ މަގާމު ހުސްވެފައިވާތީ، އެ ކޮމިޝަންގެ މެންބަރުކަމަށް ތިން ބޭފުޅަކު އައްޔަން ކުރުމަށް، ރައީސުލް ޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި 8 ބޭފުޅެއްގެ ނަން ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
- މަރިޔަމް ލައިޒާ
- އިބްރާޒިމް ޒާހިދު
- ޑރ.އަދުހަމް އަބްދުﷲ
- އާމިތަނު ޝިފާޒު އަބްދުއް ރައްޒާގު
- ހުސެއިން އަމްރު
- މޫމިނާ ވަހީދު
- އަޒްލީމާ އަހުމަދު
- މުހައްމަދު ފައުޒީ
އޭސީސީގެ ހަތަރު މެންބަރެއްގެ މަގާމު ހުސްވީ، މަޖިލީހުން ވޯޓު ނަގައިގެން ވަކިކުރަން އުޅެނިކޮށް ބައެއް މެންބަރުން އިސް ތިއުފާ ދެއްވުމާއި، މެންބަރަކު ވަކި ކުރުމުގެ އިތުރުން މިހާރު ހުންނެވި އެ ކޮމިޝަންގެ މެންބަރުގެ މުއްދަތު އަންނަ ސެޕްޓެމްބަރު މަހުގެ 12 އަށް ހަމަވާތީއެވެ.
މަޖިލީހުން ވޯޓުނަގައި ކޮމިޝަންގެ މެންބަރުކަމުން ވަކިކޮށްފައިވަނީ، އެ ކޮމިޝަންގެ ނާއިބު ރައީސް އަހުމަދު ޒާހިދެވެ.
މަޖިލީހުން ވޯޓުނަގަން އެޖެންޑާ ކޮށްފައި ވަނިކޮށް، ކޮމިޝަނުން އިސްތިއުފާ ދެއްވީ، އެ ކޮމިޝަންގެ ރައީސާ އައިމިނަތު އީނާސް އާއި އެ ކޮމިޝަންގެ މެންބަރު އައިޝަތު އަފްރީން މުހައްމަދު ގެ އިތުރުން މޫސާ އަލީ އެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް